ads
އެއް ދުވަހަށް ޕޮލިސް ޗީފް އަކަށް ހެދި ބުޅާ ---
ދުވަސްވީ މީހެއް ސަލާމަތް ކުރި ބުޅަލެއް އެއް ދުވަހަށް ޕޮލިސް ޗީފް އަކަށް!
ޖަޕާނުގައި އުމުރުން ދުވަސްވީ މީހަކު ސަލާމަތް ކޮށްދިން ބުޅަލެއް އެއްދުވަހަށް ޕޮލިސް ޗީފްގެ މަގާމު ދީފި އެވެ.

ޖަޕާނުގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮކޯ-ޗޭން ކިޔާ މި ބުޅަލަށް އެއް ދުވަހަށް ޕޮލިސް ޗީފްގެ މަގާމު ދީފައިވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މިއީ ދުވަސްވީ މީހަކު ވަޅުގަނޑަކަށް ވެއްޓިފައިވާކަން، އެ ސަރަހައްދުގައި އުޅުނު މީހުނަށް އަންގާ، ކޮކޯ-ޗޭން އެމީހާގެ ފުރާނަ ސަލާމަތް ކުރުމުން، އެކަމަށް ޝުކުރު އަދާ ކުރުމުގެ ގޮތުން އެ ސަރަހައްދުގެ ފުލުހުން ބޭއްވި ހާއްސަ ރަސްމިއްޔާތެކެވެ.

މި ހާއްސަ ރަސްމިއްޔާތުގައި ކޮކޯ-ޗޭން އަށް ފުލުހުން ވަނީ ސެޓްފިކެޓެއްދީފައެވެ. އެއީ ނެއިބާހޫޑްގެ ރައްކާތެރިކަމަށް މަސައްކަތް ކޮށްދިނުމުން ދެ ސެޓްފިކެޓެކެވެ.

your imageކޮކޯ-ޗެން އަށް ދިން ސެޓްފިކޭތުގައި އޭގެ އަތުގެ ނިޝާން ޖަހާފައި ---

އެއް ދުވަހަށް ޕޮލިސް ޗީފް އަކަށް ވުމަށްފަހު، ކޮކޯ-ޗޭން ވަނީ އެ ސަރަހައްދުގެ ކުމާނޯ އެލަމަންޓްރީ ސްކޫލުގެ ޓްރެފިކް ސޭފްޓީ ކްލާހަކަށް ގޮސްފައި ކަމަށް އެނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ކޮކޯ-ޗެންގެ ވެރިމީހާ ވަނީ، ކޮކޯ-ޗެން އަކީ ކުޑަކުދިން ސްކޫލަށް ދާ ވަގުތު އަބަދުވެސް ބޭރަށްދާ ބުޅަލެއް ކަމަށް ބުނެފައެވެ. އަދި އުއްމީދަކީ ކުރިއަށް އޮތްތާގައިވެސް ނުރައްކާތެރި ހާދިސާއެއް ހިނގައިފި ހާލަތެއްގައި ކޮކޯ-ޗެން އެކަން އޭނާގެ ސަމާލުކަމަށް ގެނައުން ކަމަށެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް