ads
ވެކްސިން ޖަހަނީ --
ފަތުރުވެރިކަމުގެ ދާއިރާގެ 33،638 ފްރަންޓްލައިން މުވައްޒަފުން ވެކްސިން ޖަހައިފި
ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ ޖުމްލަ 33،168 މުވައްޒަފަކު ކޮވިޑްގެ ވެކްސިން ޖަހާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

އޭޕްރިލް މަހުގެ 14 ވަނަ ދުވަހާހަމައަށް މިނިސްޓްރީ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ޖުމްލަ 33.638 ފްރަންޓްލައިން މުވައްޒަފުން ވެކްސިން ޖަހައިފައިވެއެވެ.

މީގެ ތެރޭގައި 32،886 ރިސޯޓު މުވައްޒަފުންނާއި، 306 ގެސްޓްހައުސް މުވައްޒަފުންނާއި، 220 ސަފާރީ މުވައްޒަފުންނާއި، 70 ހޮޓެލް މުވައްޒަފުންނާއި، 64 މިއުޒިޝަނުންނާއި، 24 ޓްރެވަލް އޭޖެންސީތަކުގެ މުވައްޒަފުންނާއި އަދި ޓުއަރިޒަމް މިނިސްޓްރީގެ 67 މުއައްޒަފުން ހިމެނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިނުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު މިނިސްޓްރީން އާންމު ކުރި ނަމަވެސް، ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުން އަދި ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު ވަކިން މިހާތަނަށް އާންމު ކޮށްފައެއް ނުވެއެވެ.

އެޗްޕީއޭ އިން ނެރެފައިވާ އެންމެ ފަހު މައުލޫމާތަށް ބަލާއިރު، ރާއްޖެއިން ޖުމްލަ 274،782 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި ރާއްޖެއިން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 28،970 މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް