ކްލިކް ކޮލެޖުގެ ބައެއް ޕްރޮގްރާމްތަކުގެ ކޯސް ފީ އަގުހެޔޮކޮއްފި
25 އޮކްޓޯބަރ 2019 - 17:22:44
ކްލިކް ކޮލެޖުގެ 19 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ކްލިކް ކޮލެޖުގެ ސެޓްފިކެޓް ލެވެލް 3ގެ ކޯސްތަކަށް ހާއްސަ ޕްރޮމޯޝަންއެއް ތާއާރަފް ކޮއްފިއެވެ.

އެގޮތުން އޮކްޓޯބަރު 23، 24، 25 އަދި 26 ގައި ސެޓްފިކެޓް ލެވެލް 3ގެ ބިޒްނަސް މެނޭޖްމަންޓްގައި ބައިވެރިވާ ކުދިންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ސެޓްފިކެޓް ލެވެލް 3ގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޕޮރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ކޯސްފީ ވަނީ %50 އަގުހެޔޮކޮއްފައެވެ.
ހަތަރު ދުވަހަށް ކުރިއަށް ގެންދާ އެޕްރޮމޯޝަންގެ މައިގަނޑު މަގުސަދަކީ ސާނަވީ ތައުލީމް ނިންމާ ދަރިވަރުންނަށް ވަޒީފާގެ މާހައުލަށް ދަރިވަރުން ތަމްރީނުކޮށްދީ މަތީ ތައުލީމަށް ކުދިން ތައްޔާރުކޮށްދިނުން ކަމަށް ކްލިކް ކޮލެޖުން ވަނީ ބުނެފައެވެ.
ހަމައެއާއެކު އަސާސީ ތައުލީމު ލިބި، ސާނަވީ ތައުލީމް ފުރިހަމަކުރުމުގެ ފުރުސަތު ލިބިފައިނުވާ ކުދިންނަށް އެކޯސްތަކުގައި ބައިވެރިވެ މަތީތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ވެސް ކްލިކް ކޮލެޖުން ވަނީ ބުނެފައެވެ.
އެ ދުވަސްތަކުގައި ކޯހަށް ކުރިމަތިލާ ދަރިވަރުންނަށް އެޕްރޮމޯޝަންގެ ތެރެއިން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ވާހަކަ އުފަލާއެކު ފާހަގަ ކުރަމެވެ. އެޕްރޮމޯޝަނަށް ކުރިމަތިލުމުގެ ފުރުސަތު، އޮކްޓޯބަރ 26އާއި ހަމައަށް ހުޅުވިފައިވާއިރު، ކްލިކް ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށްވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ކްލިކް ކޮލެޖުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން، އެކަމަށް ހާއްސަކުރެވިފައިވާ ހޮޓްލައިން 3334036 އަށް ގުޅައިގެންވެސް ކޯސްތަކުގައި ބައިވެރިވެވޭނެއެވެ. އަދި ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އާއި ދެމެދު ކްލިކް ކޮލެޖަށް އައުމުން ފޯމްހުށައަޅާ، ރަޖިސްޓަރީކޮށްދިނުމުގެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައި ކަމަށް ކްލިކް ކޮލެޖުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް