ރައީސް އޮފީހުން ބުނީ، މެޑަމް ފަޒްނާ ޕޮޒިޓިވްވުމާއި ގުޅިގެން އެކަމަނާ މިވަގުތު ހުންނެވީ އާއިލާއާއި އެކަހެރިވެވަޑައިގެންނެވެ. އަދި، އެކަމަނާ ކޮވިޑަށް ޕޮޒިޓިވްވި ކަމުގައިވިޔަސް ހާލުކޮޅު ރަނގަޅެވެ.
ރައީސް އޮފީހުން ބުނީ މެޑަމް ފަޒްނާ ޕޮޒިޓިވްވި ނަމަވެސް ރައީސް ސޯލިހް އާއި މެޑަމް ފަޒްނާގެ ދެބޭފުޅުން ކޮވިޑް-19 އަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.
ފަޒްނާ ޕޮޒިޓިވްވެފައިވާއިރު އެކަމަނާގެ ކޮއްކޯފުޅާއި، ކޮއްކޯފުޅުގެ ފިރިކަލުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.