ޖެކޮލިން ވަނީ އޭނާ ކަރު އަދި މޭމަތީގައި ވެސް ޓެޓޫ ޖަހާފަ އެވެ. ފޭނުންނަށް އޭނާގެ ޓެޓޫ އޭނާ ދައްކާލާފައި ވެއެވެ.
މިފަހަރު ޖެކޮލިން ޓެޓޫ ޖަހާފައިވަނީ އޭނާގެ އަތުގެ ފަލަ މަސްގަޑުގައެވެ. އެ ޓެޓޫގެ ފޮޓޯއެއް ޖެކޯލިން ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
އުމުރުން 35 އަހަރުވެފައިވާ ޖެކޮލިން އަކީ ލަންކާއަށް ނިސްބަތްވާ އެކްޓަރެސް އެކެވެ. އޭނާ ބޮލީވުޑަށް ނިކުތީ 2009 އަހަރު އަލާލުއްދީން ފިލްމުންނެވެ.