ދުނިޔޭގެ ޖޫނިޔާ ރޭންކިންގގެ އަށްވަނައިގެ ދީމާ ހިމެނުން ވެގެން ގޮސްފައިވަނީ އެއްވެސް ކުޅިވަރެއްގައި ދިވެހި އެތްލީޓަކު މިހާތަނަށް ހޯދި އެއްމެ ބޮޑު އެއް ކާމިޔާބީއަށެވެ. އެކަން ފާހަގަކޮށް ކުޅިވަރު ވަޒީރު މަހްލޫފުވަނީ ދީމާއަށް މަރުހަބާ ވިދާޅުވެފައެވެ.
ދުނިޔޭގެ އަށްވަނައިގަ ދީމާ ރޭންކްކޮށްފައިވާއިރު، ދީމާއަށްވުރެ މަތިން ދެކުނު އޭޝިޔާ ސަރަހައްދުން ޖާގަ ހޯދާފައިވަނީ އިންޑިޔާ ކުއްޖެކެވެ. ދީމާއަށް ރޭންކިންގައި އެއްހާސް އަށާވީސް ޕޮއިންޓް ލިބިފައިވާއިރު، ދީމާއަށްވުރެ މަތިން ހޯދި އިންޑިޔާ ކުއްޖާއަށް ލިބިފައިވަނީ ދީމާއަށްވުރެ އިތުރަށް އެންމެ ހަތަރު ޕޮއިންޓެވެ.
ދީމާވަނީ ދެހާސް ނަވާރަވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދީފައެވެ. ދީމާއަކީ ރާއްޖޭގެ ޗެމްޕިއަން ވެސް މެއެވެ.