ބޮލީވުޑްގެ މަޝްހޫރޫ ތަރި ޝާހްރުކްހާންގެ ދަރިފުޅު ސުހާނާ ހާން ނިޔުޔޯކް ސިޓީ އިން އެޕާޓްމަންޓް އެއް ގަނެފިއެވެ.
ހަބަރުތައް ލިބިފައިވާ ގޮތުގައި ސުހާނާ ނިޔުޔޯކް ގައި ފިލްމީ ދާއިރާއިން ކިޔަވަނީއެވެ. ސުހަނާ ބޮލީވުޑްގެ ފިލްމީތަރިއަކަށް ވުމަށް ޝައުގުވެރިވާކަމަށް ހަބަރުތައް ލިބެއެވެ.
ސުހާނާ އަކީ އިންސްޓާގްރާމް ގައި ވަރަށް ގިނަ ފޮލޮވާސް ފޮލޯ ކުރާ މަޝްހޫރު މީހެކެވެ. މިގޮތުން އިންސްޓާގްރާމް މެދުވެރިކޮށް ފޭނުންނަށް މި ވަނީ މީނާގެ އާ އެޕާޓްމަންޓް ދައްކާލާފައެވެ.
މިގޮތުން ސުހާނާގެ ބެލްކަނީ ގައި ހުރެ އުސް އިމާރާތްތައް ފެންނަ ގޮތަށް އިރު އޮއްސޭ މަންޒަރުގެ ފޮޓޯއެއް ދައްކާލައިފައިވެއެވެ.