
މި ދެމީހުންގެ ލޯބީގެ ގުޅުމަށް ހަތަރު އަހަރު ވެފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން ހަބަރު ތަކުން ދެމީހުން ދޭތެރޭ މައްސަލަޖެހިގެން ވަކިވި ވާހަކަ ވަނީ ފެތުރިފައެވެ. ނަމަވެސް އެކަންތައް އޭރު ކަށަވަރުކުރެވިފައެއް ނުވެއެވެ. މާޗު މަހު ދެމީހުންގެ އެންގޭޖްމެންޓް ވަނީ ނިމުމަކަށް އައިސްފައި ކަމަށް ދެކެވުނު ވާހަކަ ތަކަށް އެމީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ބަޔާނުގައި ބުނީ ވަކިވި ނަމަވެސް ގުޅުމަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ.
ޖެނިފާ ލޯޕެޝް އާއި އެލެކްސް ދެކޭގޮތުގައި އެދެމީހުންވެސް ރަހުމަތްތެރިންގެ ގޮތުގައި ތިބުން މާ ރަގަޅެވެ. އަދި ދެމީހުން އެކަކު އަނެކަކުގެ އެހީތެރިކަމާއިއެކު ދެމީހުންގެ ވިޔަފާރި އާއި އެހެން ކަންކަމުގައި އެއްކޮށް މަސައްކަތް ކުރާނެކަމަށް ބުނުފައިވެއެވެ.
ޖޭލޯގެ ކުރީގެ ފިރިމާ މަޝްހޫރު ލަވަކިޔުންތެރިޔާ މާކް އެންތޮނީ އަށް އެއްމާބަނޑު ދެކުދިން ލިބިފައިވެއެވެ. އެއީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެކެވެ. އަދި އެލެކްސް ގެ ކުރީގެ އަނބި މީހާ ސިންތިއާ އަށް ދެ އަންހެން ކުދިން ލިބިފައިވެއެވެ.