ads
އޮލިމްޕިކް ގޭމްސްއާ މެދު އަލުން ވިސްނުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުން
ޓޯކިޔޯ އޮލިމްޕިކްސްއާ މެދު ދެވަނަ ވިސްނުމަކަށްދާން ޖެހޭ
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ޖަޕާނުން އަމަލު ކުރަމުން އަންނަ ގޮތްތަކަށް ބަލާއިރު، އޮލިމްޕިކް ގޭމްސް މިއަހަރު ބޭއްވުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށް ސިއްހީ މާހިރުން ބުނަން ފަށައިފިއެވެ. މިދިޔަ އަހަރު ޓޯކިޔޯގައި ބޭއްވުމަށް ކަނޑައެޅުނު އޮލިމްޕިކްސް މިހާރު ބާއްވަން ނިންމާފައިވަނީ މި އަހަރުގެ ޖުލައި- އޮގަސްޓްގައެވެ.
Advertisement

މި އަހަރުގެ ޖުލައި މަހަށް އޮލިމްޕިކްސް ފަސްކޮށްފައިވާއިރު، ސިއްޙީ ތަޖުރިބާކާރުން ބުނަމުން އަންނަނީ އެ މުއްދަތުގައިވެސް އޮލިމްޕިކްސް ބޭއްވުމަކީ ނާދިރުކަމެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ކޮވިޑާ ގުޅިގެން ޖަޕާނުގައި އަމަލު ކުރަމުން އަންނަ ގޮތުގެ ސަބަބުން ގޭމްސްއާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް ސިއްހީ ހިދުމަތްތެރިން އަންނަނީ ގޮވާލަމުންނެވެ. ޖަޕާނުގެ އެއްހާސް ޑޮކްޓަރުންގެ މެދުގައި ކުރެވުނު ސަރވޭއެއްގައި ހަތްދިހަ ފަސް އިންސައްތަ ޑޮކްޓަރުން ބުނެފައިވަނީ އެންމެ ރަނގަޅު ގޮތަކީ އޮލިމްޕިކްސް ފަސްކުރުން ކަމަށް އެ ސަރވޭއާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވެއެވެ.

އޮލިމްޕިކް ގޭމްސް ފެށެން މިހާރު ސަތޭކަ ދުވަހަށްވުރެ ގާތްވެފައިވާއިރު، ޖަޕާނުގައި ކޮވިޑު ވެކްސިން ދީފައިވަނީ އާބާދީގެ އެއް އިންސައްތައަށްވުރެވެސް މަދު ބަޔަކަށެވެ. ޖަޕާނުގައި ކޮވިޑުގެ ކަންތަކުގައި އަމަލުކުރަމުން އަންނަ ގޮތާއި މެދު އެ ގައުމުގެ ސިއްހީ ހިދުމަތްތެރިންގެ މެދުގައި ކަން ބޮޑުވުންތައް ހުރިއިރު، ސިޔާސީ ބޭނުމެއްގައި އޮލިމްޕިކްސް ބޭއްވުމަކީ ރަނގަޅު ކަމެއް ނޫންކަމަށްވެސް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.

މިއަހަރުގެ ޖުލައިއަށް ފަސްކޮށްފައިވާ ޓޯކިޔޯ އޮލިމްޕިކްސް ކެންސަލް ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިންޓަރނޭޝަނަލް އޮލިމްޕިކްސް ކޮމިޓީގެ ރައީސް ތޯމަސް ބާކްވެސް ކުރިންވަނީ ވިދާޅުވެފައެވެ.  މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އޮލިމްޕިކްސް ވަނީ މި އަހަރުގެ ޖުލައި އަށް ފަސްކޮށްފަ އެވެ. އޮލިމްޕިކްސް ފަސްކުރީ ދުނިޔޭގައި ހަލުއި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ގޭމްސް ބޭއްވޭނެ ގޮތެއް ނެތުމުންނެވެ.

ހަތަރު އަހަރުން ހަތަރު އަހަރުން ބާއްވާ އޮލިމްޕިކްސްއަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދެވެ. ޓޯކިޔޯ އޮލިމްޕިކްސްގައި ތެއްތިރީސް ކުޅިވަރަކުން ތިން ސަތޭކައަށްވުރެ ގިނަ އިވެންޓް އޮންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް