މަޝްހޫރު ބޮލީވުޑް ތަރި މަދޫރީ ޑިކްސިޓް އިންސްޓަގްރާމު މެދުވެރިކޮށް ދޫކޮށްލި ފޮޓޯ އިން ފެންނަނީ ސޮނެވާ ޖާނީގައި އޭނާ ޗުއްޓީ ހޭދަކޮށްލަން އައިސް ބީޗްގައި ނަގާފައި ވާ ވަރަށް ޗާލު އާ ފޮޓޯއެކެވެ.
މިފޮޓޯގައި މަދޫރީގެ ރީތިކަން ވަރަށް ވެސް ފުރިހަމަ އެވެ. މާޖެހި ގަމީހަކާއި އެކު ޑެނިމް ސޯޓް އެއްގައި އިން މަދޫރީގެ ހިނިތުންވުން އަދި އޭނާގެ މޭކަޕްވެސް އެހާމެ ފުރިހަމަ ވެފަ ޗާލުކަން ތުންފަތުގެ ޖައްސާފައި ހުރި ރަތް ކުލައިން ދައްކުވައިދެއެވެ.
ބީޗް ގޮނޑީގައި އިށީންދެ ލައިގެން ހިތްހަމަޖެހިފައި ވާވަރު މަދޫރީގެ އިންސްޓާގްރާމް ފޮލޯވާސް ގަބޫލް ކުރާނެއެވެ. މަދޫރީ ހޭދަކުރި ޗުއްޓީ ވަރަށް ކަމު ގޮއްސިކަން ހަނދާންތައް އާކުރަމުން ހިއްސާކުރި މިފޮޓޯއިން ހާމަވެއެވެ.