ads
އެޗްއާރުސީއެމްގެ ލޯގޯ
އެޗްއާރުސީއެމް އިން އަހުސަން އާއި ބައްދަލުކޮށް، މައްސަލަ ތަހުގީގު ކުރަނީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރުސީއެމް އިން ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި ތ. ތިމަރަފުށި، އަސްރަފީވިލާ، އަހުސަން މުހައްމަދު އާއި ބައްދަލުކޮށް، މައްސަލަ ތަހުގީގު ކުރާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އަހުސަން މުހައްމަދުގެ ބޭބެ އަހުމަދު އިހުސާން ވަނީ އޭނާގެ ކޮއްކޮއަށް ޖަލުގައި އަނިޔާ ކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ. އަދި ކޮއްކޮ ހުރި ހާލެއްވެސް، ކޮއްކޮ ދުނިޔޭގައި ހުރިކަމެއްވެސް ނޭނގޭ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބަޔާނެއް ނެރުނުއިރު، މި މައްސަލައާއި ގުޅިގެން ސީއެންއެމް އިން އެޗްއާރުސީއެމްގެ މީޑިއާ އޮފިޝަލަކާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްއާރުސީއެމްގެ މީޑިއާ އޮފިޝަލް ވަނީ މި މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން އެޗްއާރުސީއެމް އިން ވަނީ މައްސަލައިގެ ތަފްސީލު ޓުވިޓާ މެދުވެރިކޮށް ހިއްސާ ކޮށްފައެވެ. އެގޮތުން މި މައްސަލަ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވަނީ ރޭ 10 ޖަހާކަންހާއިރު ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ކޮމިޝަންގެ ސަމާލު ކަމަށް މި މައްސަަލަ އައުމުން، ރޭގެ ވަގުތެއްގައި ދޫނިދޫއަށް ޒިޔާރަތްކޮށް، އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތާއި ބައްދަލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި މައްސަލައިގެ މައުލޫމާތު ސާފު ކޮށްފައިވާނެ ކަމަށް އެޗްއާރުސީއެމް އިން ބުނެއެވެ.

އެޗްއާރުސީއެމް އިން ވަނީ މި މައްސަލަ ބަލަމުން އަންނަ ކަން އަހްސަންގެ އާއިލާއާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. 

މީގެ އިތުރުން އެންޓީ ޓޯޗާ ގާނޫނުގެ ދަށުން މައްސަލަ ތަހުގީގު ކުރާނެ ކަމަށް އެޗްއާރުސީއެމް އިން ބުނެއެވެ.

މި މައްސަލައިގައި މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ފުލުހުން ވަނީ، އަހުސަން ފުލުހުންނަށް ހަމަލާ ދިން ކަމަށް ބުނެފައެވެ. މި ހާދިސާ ހިނގާފައިވަނީ އަހުސަން ބަހައްޓާފައި ހުރި ގޮޅީގެ ކެމެރާ ބްލައިންޑް ކުރުމުމް، ކެމެރާ ސާފު ކުރުމަށް އޭނާ ގޮޅިން ނެރެ، ފަހުން ގޮޅިއަށް ވައްދަން އުޅުުމުގެ ތެރެއިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް އަހުސަން އަށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އޭނާ އިންކާރު ކުރި ކަމަށާއި، އަހުސަން ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުން ފުލުހުންވަަނީ ޕެޕާ ސްޕްރޭ ބޭނުންކޮށް އަހުސަން ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި މިކަން ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ އާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލުތަކުގެ ތެރެއިންތޯ ބެލުމަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީ އަށް ހުށަހަޅާ، މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް