ads
ހަނދު
48 ކުލައިގެ ހަނދު މިހާތަނަށް ދުނިޔެއަށް ވަނީ ފެނިފަ
ހަނދަކީ ދުނިޔޭގެ ކަޅުފޮއި ރޭތަކަށް އަލިކަން ގެނެސްދޭ އެއްޗެކެވެ. އަދި ދުނިޔޭގެ ދިޔަވަރުވެސް ކޮންޓްރޯލް ކުރަނީ ހަނދެވެ.

14  އަދި 15 ވިލޭރޭގައި ހަނދު އެންމެ ފުރިހަމަކޮށް ހުންނަ މަންޒަރު ބަލަން ކޮންމެ ރެއަކުވެސް ގޮނޑުދޮށަށް މީހުންދާ މަންޒަރު ވަރަށް ގިނައިން ފެނެ އެވެ.

އަދި އެކި ކުލަކުލައިގެ ހަނދު ދެކިލަންދާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ހަނދުގެ ރީތި ކަމަށް ގިނަ ބަޔަކު ދިވާނާވެފައިވާ ކަން މިކަމުން ވެސް ހާމަވެއެވެ.

އެގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި ސައިންސް ވެރިން އަންނަނީ ހަނދަށް އަންނަ ބަދަލުތަށް ބަލަމުން ނެވެ. އަދި ހަނދަށް އަރާފައިބާ ކުލަތައްވެސް ރިކޯޑް ކުރަމުން ނެވެ.

your imageހަނދުގެ ތަފާތު ކުލަތައް

އެގޮތުން މިހާތަނަށް 48 ކުލައެއްގައި ހަނދު ހުއްޓާ ސައިންސްވެރިން ވަނީ ފޮޓޯ ނަގާފަ އެވެ. އޭގެތެރޭގައި ފިޔާ ތޮށިކުލައިގެ ހަނދުގެ އިތުރުން ދަބު ކުލައިގެ ހަނދުވެސް ހިމެނެއެވެ.

ހަނދަށް އެކިކުލަ އެރުމުގައި ތަފާތު ސަބަބުތައް ހުރެއެވެ. އިރު ކޭތަ ހިފުމުންނާއި އިރަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް ހަނދަށް ތަފާތު ކުލަތަށް އަރަ އެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް