މިއަދު ހެނދުނު ބޮލީވުޑްގެ ތަރި ކާރްތިކް އާރްޔަން، ކަރަން ޖޯހަރުގެ ދޯސްތާނާ 2 އިން ވަކިކޮށްފި ކަމަށް ކާރްތިކްގެ ފޭނުން ހޭލައްވާލި ހަބަރު ވެގެން ދިޔައީ ވަރަށް ވެސް ހައިރާންވި ހަބަރަކަށެވެ. 20 ދުވަހުގެ މަސައްކަތަށް ފަހު ކާރްތިކް ވަކިކުރަން ޖެހުނު ސަބަބެއް ކަމަށް ދަރްމާ ޕްރޮޑަކްޝަން އިން ބުނީ "އަންޕްރޮފެޝަނަލް ބިހޭވިއާ" ކަމަށެވެ.
މީގެ އިތުރުން ދަރްމާ ޕްރޮޑަކްޝަން އިން ވަނީ ކާރްތިކް އާއެކު އިތުރަށް ދެން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން 20 ކްރޯޑް ރުޕީސްގެ ގެއްލުންވެފައި ވާކަމަށްވެސް ބުނެފައިވެއެވެ.
ދޯސްތާނާ 2 ގައި މަޝްހޫރު ތަރި ޖާންވީވެސް އުޅޭކަމަށް ހާމަކޮށް އިތުރު އާ ތަރިއަކާއިއެކު މަސައްކަތް ފަށާނެ ކަމަށް ދަރްމާ ޕްރޮޑަކްޝަން އިން ބުނެފައިވެއެވެ.