ads
ޓީސީ މާޒިޔާ މެޗުގެ ތެރެއިން
މާޒިޔާ ޓީސީ މެޗު މާޒިޔާއަށް
ޓީސީ ބަލިކޮށް ދިވެހި ޕްރިމިއަރ ލީގުގެ ޓޭބަލްގެ އެއްވަނައިގެ ޑިފެންޑިންގ ޗެމްޕިއަން މާޒިޔާއިން ފަރަގު ބޮޑުކޮށްފިއެވެ. ހުކުރު ދުވަހުގެ ރޭ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ.

ޓީސީ އަތުން ފަސޭހަކަމާ އެކު ހޯދި ތިން ޕޮއިންޓާ އެކު މާޒިޔާ އެއްވަނައިގަ އޮތީ ބާރަ މެޗުން އަށާވީސް ޕޮއިންޓާ އެކުއެވެ. ދެވަނައިގަ އޮތް ވެލެންސިޔާއަށް އެގާރަ މެޗުން ލިބިފައިވަނީ އެކާވީސް ޕޮއިންޓެވެ. އެހެންކަމުން މި ދެ ޓީމުގެ މެޗުގައި ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އެހެންނަމަވެސް ވެލެންސިޔާއަށް އިތުރު އެއް މެޗު އަދި އެބައޮތެވެ.

ހުކުރު ދުވަހުގެ ރޭގެ މެޗުގައި މާޒިޔާއިން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށެވެ. މާޒިޔާއަށް މި ގޯލް ޖަހައިދިނީ ކޯނިލިއަސް ސްޓެވާޓްއެވެ. ޓީސީއަށް އެ ޓީމުގެ ލަނޑު ޖަހައި ދިނީ ދެވަނަ ހާފުގެ ތެރޭގައި އައްޒާމުއެވެ. އޭނގެ ފަހުން މާޒިޔާގެ ދެވަނަ ލަނޑާ ތިންވަނަ ލަނޑު ޖެހީ ކުރިން ޓީސީއަށް ކުޅުނު އިބްރާހިމް މަހުދީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް