ads
ދީމާ
ދީމާއަށް ހޫނު މަރުހަބާއެއް
އޮލިމްޕިކްސްއަަސް ކޮލޮފައިވި ދިވެހި ފުރަތަމަ އެތްލީޓުގެ ޝަރަފާއެކު މާލެ އައުމުން، ދީމާ އަލީއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
Advertisement

ސްރީ ލަންކާގެ ބަންޑާރަ ބިމަންޑީއާ ބަލިކޮށް، ޕެރިސް އޮލިމްޕިކްސްއަށް ރާއްޖޭގެ ޒުވާން ޓީޓީ ތަރި ދީމާ އަލީ ކޮލިފައިވީ މިދިޔަ ހަފްތާގައެވެ. 

ޕެރިސް އޮލިމްޕިކްސްއަށް ރާއްޖޭގެ ޒުވާން ޓީޓީ ތަރި ދީމާ އަލީ ކޮލިފައިވުމާއެކު ދީމާވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތްލީޓަށެވެ. 

ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވުމާއެކު، ރާއްޖޭގެ ކުޅިވަރު އާއިލާއިން އަންނަނީ ދީމާއަށް މަރުހަބާ ކިޔަމުންނެވެ. 

ނޭލާލުގައި އޮތް ކޮލިފިކޭޝަނަށް ފަހު ދީމާ މާލެ އައީ މިއަދު މެންދުރުއެވެ. 

ދީމާ އަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު އެތުލީޓެކެވެ. އަދި މިދިިޔަ ސަރުކާރުން ފެށި އަރުތަ ޕްރޮގްރާމްގެ ތެރެއިން ވެސް ދީމާ އަށް ޓްރެއިނިންގެ ފުރުސަތުތައް ދީފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް