ބިސްކަޓް ޕުޑިން ވަރަށް ގިނައިން ކެވިފަ ހުންނާނެކަން އިގެއެވެ. އެހެންނަމަވެސް ސީއެންއެމް ބަދިގޭގައި މިއަދު މިހިމަނާލަނީ ތަފާތު ޕުޑިން އެކެވެ.
ބޭނުންވާ ތަކެތި:
ތައްޔާރު ކުރާނެ ގޮތް:
މި ޕުޑިން ހެދުމަށް ހެދުމަށް ބޭނުންވާނެ ތަކެތި ހޯދުމަށްފަހު އެންމެ ފުރަތަމަ ބިސް ތައްޓެއްގައި ގިރާލާށެވެ. އެއްކޮށް ގިރާނިމުމުން ނެސެލް ކުރީމް ގިރި ބިސްތަކުގެ ތެރެއަށް އެއްކޮށްލުމަށްފަހު ބަހައްޓާލާށެވެ.
ދެން ޑާކު ޗޮކްލެޓް ހޫނުކޮށްލާށެވެ. ޗޮކްލެޓް ދިޔާވުމުން އެވެސް އޭރު ތައްޔާރުކުރި ބިހުގެ މިކްސަރުގެތެރެއަށް އަޅާލާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބަޓަރުވެސް ރަނގަޅަށް އެއްކޮށްލުމަށްފަހު ވައިޕިން ކްރީމްވެސް އަޅާ އެއްކޮށްލާށެވެ. މިހުރިހާ އެެއްޗެއް އެއްފަހަރާ އަޅާފަ އެއްކޮށްލުމަށްވުރެ ރަނގަޅީ ވަކިވަކިން ރަނގަޅަށް އެއްކޮށްލިއްޔާއެވެ.
އެޔަށްފަހު ބޯތައްޓެއްގެ މިލްކުކޮޅެއް އަދި މާރީ ބިސްކޯދާއި، ކެޝޫ ނަޓްސްވެސް ނަގާލާފައި ބަހައްޓާށެވެ.
ދެން ޓްރޭއެއްގައި ފުރަތަމަ މިކްސްކުރި ޗޮކްލެޓް މިކްސްގެ ލޭޔާއެއް އަޅާލާފައި މާރީ ބިސްކޯދު އަތުރާލާށެވެ. އޭގެ މައްޗަށް އިތުރު ލޭޔާއެއް ލާފައި ކެޝޫނެޓްސްވެސް އަޅާލާށެވެ. މި ލޭޔާގެ މަތީގައިވެސް ޗޮކްލެޓް ލޭޔާއެއް އަޅާލުމަށްފަހު ކެޝޫނަޓްސް އަތުރާލާށެވެ.
މިހާރު ތިހުރީ “ބިސްކަޓް ޕުޑިން” ތައްޔާރުވެފައެވެ. ހަމަގައިމުވެސް މިއީ ރަހަގަނޑު ތަފާތު މީރު ޕުޑިންއަކަށްވާނެއެވެ. މިއަދު ގޭގައި އަޖުމަ ބަލައިލާން ތައްޔާރު ކޮށްލާށެެވެ.