ads
އެލީ ކުއިން ---
ކޮވިޑްތެރޭ ދީން އުނގެނުމަށް ފަހު އިސްލާމްދީން ގަބޫލުކުރި މީހެއްގެ ވާހަކަ
މިއީ އިނގިރޭސިވިލާތުގެ ޓްރެވަލް ބްލޮގާއެއްގެ ވާހަކައެވެ. 60 އަށް ވުރެ ގިނަ ގައުމުތަކަށް ދަތުރުކޮށްފައިވާ އެލީ ކުއިން އިސްލާމްދީން ގަބޫލު ކުރި ގޮތުގެ ވާހަކައެވެ.

އެލީ ކިޔައިދިން ގޮތުގައި އިސްލާމް ދީނަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ ދަތުރުތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ސައުދީ އަރަބިއްޔާއަށް ދަތުރު ކުރި ކަމަށާއި، އެއީ އޭނާއަށް އެންމެ ފުރަތަމަ މުސްލިމުންނާ ދިމާވެ، މުސްލިމުންނާ އިސްލާމް ދީނާއި ބެހޭ ގޮތުން ވާހަކަ ދައްކަން ލިބުނު ފުރުސަތުކަން އެލީ ކިޔައިދިނެވެ. 

މީގެ އިތުރުން، ސައުދީއަށް ކުރި ދަތުރުގައި، ގިނަ ބަޔަކު އޭނާގެ ދީނާއި ގުޅިގެން ސުވާލު ކުރުމުން އަދި ސައުދީގައި މުސްލިމުން ނަމާދުކޮށް އުޅުންތަން ފެނުމުން ދީނަށް އިތުރު ޝައުގުވެރިކަމެއް އުފެދުނު ކަމަށް އެލީ ކިޔައިދިނެވެ. 

އޭގެ ފަހުން އިންޑިއާއަށް ދަތުރު ކުރުމަށްފަހު އަލުން އެނބުރި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސައުދީއަށް، އިތުރު ތަންތަން ބަލާ، ސައުދީގެ ކަންކަން ދަސް ކުރުމަށް ދަތުރު ކުރި ކަމަށް އެލީ ކިޔައިދިނެވެ. އޭނާގެ މި ދަތުރުގައި އޭނާ ހުރީ ސައުދީގެ އާއިލާއަކާ އެކު ކަމަށް އެލީ ކިޔައިދިނެވެ. 

ސައުދީގެ މުސްލިމު އާއިލާއަކާއި އެކު ހުރި މި ދުވަސްވަރު އޭނާއަށް ގިނަ ކަންކަމެއް ދަސްވި ކަމަށް އެލީ ކިޔައިދިނެވެ. އެގޮތުން ފުރަތަމަ ފަހަރަށް މައްކާ ޓީވީ އިން ފެނުނީ، އޭނާ ހުރި ގޭގެ މަންމަ އަބަދު ޓީވީން އަޅުވާފަ ހުންނަ ޗެނަލަކުން ކަމަށް އޭނާ ކިޔައިދިނެވެ. އަދި ޓީވީން ގުރުއާން އަޑުއިވުމުން ހިތަށް ހަމަ ޖެހުން ލިބޭ ކަމަށާއި، ހުކުރު ދުވަހު ހުކުރު ނަމާދަށް މީހުން ޖަމާއަތަށް ދާ ތަން ފެނި، އިސްލާމް ދީނާއި ގުޅޭ، ކުރިން ނޭނގޭ އެތައް ކަމެއް އިނގިގެން ދިޔަ ކަމަށް އެލީ ކިޔައިދިނެވެ. 

އޭގެ ފަހުން ހަމަ އެމަހު ބަހުރެއިންއަށް ދަތުރުކޮށް، ބަހުރެއިންގެ އަލް ފާތިހް މިސްކިތް (ގްރޭޓް މޮސްކް) އަށް ދިޔަ ކަމަށް އެލީ ކިޔައިދިނެވެ. އަދި އެ ދަތުރުގައި އޭނާގެ ޓުއާ ގައިޑަކަށް ހުރި މީހާ މިސްކިތުގެ އާކިޓެކްޗާ މަސައްކަތުގެ އިތުރުން އިސްލާމް ދީނާއި، މުސްލިމުންގެ އެކި ކަންކަމާ ގުޅިގެން ގިނަ މައުލޫމާތުތަކެއް ދިން ކަމަށް އެލީ ކިޔައިދިނެވެ. އަދި ހިލޭ، އިސްލާމްދީނާއި ގުޅުން ހުރި ލީފްލެޓައި ފޮތް އެ މިސްކިތުން ލިބުނު ކަމަށް އޭނާ ކިޔައިދިނެވެ.

އެލީ ކިޔައިދިން ގޮތުގައި މިއީ އޭނާ ގަބޫލު ކުރާ ގޮތާއި މެދު ސުވާލު އުފެދެން ފެށި ހިސާބެވެ. އަދި އޭނާގެ ގަބޫލު ކުރުންތަކާމެދު އުފާވޭތޯ ސުވާލު އުފެދެން ފެށި ކަމަށް އެލީ ކިޔައިދިނެވެ.

އޭގެ ފަހުން އެލީ ވަނީ މަދީނާއަށް ދަތުރު ކޮށްފައެވެ. އެލީ ކިޔައިދިން ގޮތުގައި މިއީ އޭނާއަށް ކުރެވުނު ތަފާތު ތަޖުރިބާއެކެވެ. އަދި މިއީ އަޅުކަން ކުރުމަށް ފުރަތަމަ ޝައުގުވެރިކަން އުފެދުނު ހިސާބު ކަމަށާއި، ފުރަތަމަ ފަހަރަށް އަޅުކަން ކުރުމަށް މަސައްކަތް ކުރީވެސް އެ ދަތުރުގައި ކަމަށް އެލީ ކިޔައިދިނެވެ. އޭގެ ފަހުން އޭނާ އަލުން ވަނީ އިންޑިއާއަށް ދަތުރުކޮށްފައެވެ. 

އެލީ ކިޔައިދިން ގޮތުގައި ބަހްރެއިންއިން އޭނާއަށް ލިބުނު ފޮތްތައް އޭނާ ކިޔަން ފެށީ މާޗް މަހު އިންޑިއާގައި ކުރި ގްރޫޕް ޓުއާގައި ދަތުރު ކުރި އިރުއެވެ. އަދި ހަމަ އެމަހު ފަހުން އިންޑޮނޭޝިއާއަށް ދަތުރު ކުރި ކަމަށާއި، އޭރު އޭނާ ހުރި ހޮޓަލަކީ މިސްކިތަކާ ޖެހިގެން ހުރި ހޮޓަލެއް ކަމަށް އެލީ ކިޔައިދިނެވެ. 

މިއީ ނަމާދު ގަޑިތައް އެނގި، ނަމާދު ގަޑިތައް ދަސްކުރަން ލިބުނު ފުރުސަތެއް ކަމަށް އެލީ ކިޔައިދިނެވެ. އަދި އެއީ އޭނާ ނަމާދު ކުރަން ދަސް ކުރަން ފެށި އިރު ކަމަށް އެލީ ކިޔައިދިނެވެ. ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވަކި ހިއްޕާލާ، އަލި ކުއްލި ލޮޅުމާއެކު، ގިނަ ގައުމުތަކެއް ލޮކްޑައުން ކުރުމުން އެލީ އިންޑޮނޭޝިއާގައި ހަތަރު މަސް ހޭދަ ކުރިކަމަށް އޭނާ ކިޔައިދިނެވެ. 

ރަމަޟާން މަހާއި އެލީ ކުރިމަތިީ، ކޮވިޑްގެ ހާލަތުގައި އިންޑޮނޭޝިއާގައި ހުއްޓައެވެ. އަދި މިދިޔަ އަހަރުގެ ރަމަޟާން މަހު އޭނާ ރޯދަ ހިފަން ފެށި ކަމަށް އެލީ ކިޔައިދިނެވެ. އަދި އެއީ އޭނާ އަމިއްލަ އަށް ނިންމި ނިންމުމެއް ކަމަށާއި، އޭޕްރީލް މަހަކީ މުޅިން އާ ކަންކަން ދަސް ކުރުމުގެ މަހަކަށްވި ކަމަށް އެލީ ކިޔައިދިނެވެ. 

ރޯދަ ހިފުމުގެ އިތުރުން އެލީ ގުރުއާން ކިޔެވި ކަމަށާއި، މިދިޔަ އަހަރު ތެރޭ އޭނާ ހަތިމެއް ކޮށްފައިވާނެ ކަމަށް އެލީ ކިޔައިދިނެވެ. އަދި ރަމަޟާން މަހުގެ ފަހު 10އެއްގައި ފަސް ވަގުތު ނަމާދު ކުރަން ފެށި ކަމަށާއި، މިއީ އޭނާއަށް ވަގުތުން ވަގުތަށް ނަމާދު ކުރަން އާދަވި ހިސާބު ކަމަށް އެލީ ކިޔައިދިނެވެ. 

އެލީ ކިޔައިދިން ގޮތުގައި އޭނާ ގިނަ ކަންކަން ދަސްކުރީ އޮންލައިންކޮށް، ޔޫޓިއުބް ވީޑިއޯތައް ބަލައިގެންނެވެ. އަދި އޭނާ ޝަހާދަތް ކިޔާ، އިސްލާމްދީން ފުރިހަމައަށް ގަބޫލު ކުރުމުގެ ކަންކަމާ ވިސްނަން ފެށީ ޖޫން މަހު ކަމަށް އެލީ ކިޔައިދިނެވެ. 

އެލީ އަނބުރާ އޭނާގެ ގައުމަށް ދިޔައީ ޖުލައި މަހު މެދުތެރޭގައެވެ. އަދި އިސްލާމްދީން ގަބޫލު ކުރުމުގެ ނިންމުން ނިންމީ ޖުލައިމަހު އެނބުރި ގައުމަށް އައިސް ކަަރަންޓީނުގައި ހުރި އިރު ކަމަށް އެލީ ކިޔައިދިނެވެ. އޭގެ ކުރިން އެކަމާ ވިސްނި ނަމަވެސް، އެ ނިންމުމާ އެގޮތަށް އަމަލު ނުކުރީ، އެނބުރި ގައުމަށް އައިސް ހިޔާލު ހުންނަގޮތެއް ބެލުމަށް ފަހު ގޮތެއް ނިންމުމަށް ކަމަށް އެލީ ކިޔައިދިނެވެ. 

ޝަހާދަތް ކިޔާ، އެލީ އިސްލާމްދީން ފުރިހަމައަށް ގަބޫލު ކުރީ އޮގަސްޓު މަހު ތެރޭގައެވެ. އެލީ ކިޔައިދިން ގޮތުގައި އޭނާގެ އާއިލާއާއި ރައްޓެހިންނާ އެކަން ހިއްސާ ކުރީ އޮގަސްޓު މަހު ތެރޭގައެވެ. އެލީ ކިޔައިދިން ގޮތުގައި އޭނާއަށް ޝަހާދަތް ލައިދިނީ ލަންޑަންގެ މިސްކިތެއްގެ އިމާމެކެވެ. އަދި އެދުވަހު އޭނާއާއެކު އޭނާގެ ދައްތަވެސް ދިޔަ ކަމަށާއި، އޭނާގެ ދައްތަ އަކީވެސް އިސްލާމްދީން ގަބޫލު ކޮށްގެން ހުރި މީހެއް ކަމަށް އެލީ ކިޔައިދިނެވެ. 

އެލީ އިސްލާމްވިކަން އޭނާގެ ޔޫޓުއުބް ޗެނަލްގައި، އޭނާގެ ފޭނުންނާ ހިއްސާކުރީ އޭގެ އަނެއްމަހު ތުރުކީ އާއި އިސްތާންބުލްއަށް ކުރި ދަތުރުގައެވެ. އެލީ ވަނީ އިސްލާމް ދީން ގަބޫލު ކުރުމުގައި އެކި މީހުންގެ ދަތުރު ތަފާތު ކަމަށެވެ. އަދި އޭނާ އިސްލާމް ދީނަށް ކުރި ދަތުރަކީ ފަސޭހަ ދަތުރަކަށްވި ކަމީ އޭނާ އަބަދުވެސް އެކަމަށް ޝުކުރު ވެރިވާނެ ކަމެއް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް