ads
ޅ.ކުރެންދޫ
ކުރެންދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި
ޅ.ކުރެންދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.

ކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އާއިޝަތު ވިޝާމާ ސީއެންއެމްއަށް ވިދާޅުވީ އެރަށް މޮނިޓަރިންއިން ނަގާފައި ވަނީ އިއްޔެގެ ވަގުތެއްގަ ކަމަށެވެ.

އެއީ އެރަށުން އެންމެ ފަހުން ނެގުނު ރޭންޑަމް ސާމްޕަލްތައް ނެގެޓިވްވުމާ އެކުގައި ކަމަށް ވެސް ވިޝާމާ ވިދާޅުވި އެވެ.

މިމަހުގެ އެއްވަނަ ދުވަހު ކުރެންދޫ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރުގައި މިވަގުތު ރާއްޖޭގައި 12 ރަށެއް މޮނީޓަރިންގެ ހާލަތުގަ މިވަގުތުވެސް އެބަ އޮތެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ ރާއްޖެއިން 82 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެއީ މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި 40 މީހަކާއި އަތޮޅުތެރެއިން 24 މީހަކާއި ރިސޯޓުތަކުން 18 މީހަކު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 26،021 އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅު ވެފައިވަނީ ޖުމްލަ 23،360 މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2،584 ގައެވެ. އަދި މީގެ ތެރެއިން 53 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް