ads
އީސީގެ ރައީސް: ޝަރީފް
އިންތިހާބުގެ ބޮޑު އިންސައްތައެއްގެ ވަގުތީ ނަތީޖާތައް އިއުލާންކޮށްފި
މިހާތަނަށް ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާގެ ބޮޑު އިންސައްތައެއް ‏އިއުލާން ކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އީސީން ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާގެ 91 އިންސައްތަ މިހާރު އިއުލާންކުރެވިފައިވާ ކަމަށެެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 86 އިންސައްތަ ނަތީޖާވެސް މިހާރު އިއުލާންކުރެވިފައިވާ ކަމަށް އީސީން ބުނެއެވެ. 

އެއީ އިންތިހާބުގެ މުޅި ޖުމުލަ 90 އިންސައްތަ ވަގުތީ ނަތީޖާއެވެ. އަދި މިރޭ 10:00 އިން ފެށިގެން ބާކީހުރި ނަތީޖާތައް އިއުލާނު ކުރަމުން ގެންދާނެކަމަށް އެކޮމިޝަނުން ބުނެއެވެ. 

އޭގެއިތުރުން އަމާޒަކީ މިރޭ ބާކީ ހުރި ހުރިހާ ނަތީޖާތަކެއް އިއުލާންކޮށް ނިންމާލުމަށް ކަމަށް އީސީން ވަނީ މައުލޫމާތު ދީފައެެވެ. 

މިހާރު އިއުލާންކޮށްފައިވާ ވަގުތީ ނަތީޖާތަކުން މާލޭ ސިޓީ ފިޔަވައި ހުރިހާ ދާއިރާތަކަކުން ކުރީގައި އުޅެނީ އެމްޑީޕީއެވެ. 

މި އިންތިހާބުގެ ވޯޓާއި މެދު އިދިކޮޅުގެ ގިނަ ޝަކުވާތަކެއް ހުރި އިރު، ވޯޓު އޮޅުވާލާ ކަމުގެ ތުހުމަތުތަކެއްވެސް އީސީއަށް ވަނީ ކުރިމަތިވެފައެވެ. އަދި ވޯޓު އޮޅުވާލާކަމަށް ބުނެ މުލަ ރޯދަ ދުވަހު އިދިކޮޅުން ވަނީ އީސީ ސަރަހައްދުގައި މުޒާހަރާވެސް ކޮށްފައެވެ.

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައި ވަނީ 713 ފޮއްޓެކެވެ.

އަދި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން،  އަދާލަތު ޕާޓީން  28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް އިން 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ އިން 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ އިން 1 ކެންޑިޑޭޓް ވާދަކުރި އެެވެ. އަމިއްލަ ގޮތުން  609 ކެންޑިޑޭޓަކު ވާދަކުރިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް