ads
އަލަށް އީޖާދުކުރި ޔޫވީ ކުލަ --- ފޮޓޯ: ޕާޑިއު ޔުނިވާސިޓީ / ޖެއާޑް ޕައިކް
މި ކުލަ ލުމުން އޭސީއެއް ބޭނުން ނުވާނެ!
މި ކުލައަށް 98.1 ޕަސަންޓު އިރުގެ އަލި ރިފްލެކްޓް ކުރުމުގެ ބާރާއި، އިމާރާތްތައް ފިނި ކުރުމުގެ ބާރު ވެސް ލިބިފައިވާ އަލްޓްރާވައިލެޓް (ޔޫވީ) ކުލައެއް ސައިންސުވެރިން އީޖާދުކޮށްފިއެވެ.

މި ކުލަ ވިއްކަން ފަށުމުން، ކާބޮން އެމިޝަން ގެ ރޭޓޫ ބޮޑުތަން ދަށްވެ އަދި އެއާ ކޮންޑިޝަނިންގް އަށް ޖެހޭ ބޭނުންވެސް ވަރަށް ބޮޑުތަން ދަށްވާނެއެވެ. 

.މި ކުލަ އީޖާދު ކޮށްފައިވަނީ އިންޑިއާނާގެ ޕާޑިއު ޔުނިވާސިޓީގައި 6 އަހަރު ދުވަހުގެ މަސައްކަތައް ފަހުއެވެ. އާދައިގެ ކުލައާއި ތަފާތަށް، މި ޔޫވީ ކުލައިގަ ބޭރިއަމް-ސަލްފޭޓް ކިޔާ ކެމިކަލް ކޮމްޕައުންޑެއް އެކުލެވެއެވެ 

މި ކޮމްޕައުންޑަކީ ކޮސްމެޓިކްސް އާއި ފޮޓޯ ކަރުދާސްގައި އެކުލެވޭ ބާވަތެކެވެ. ބޭރިއަމް ސަލްފޭޓްގެ ޕާޓިކަލްސް ތަކަކީ އެކި ސައިޒުތަކަށް ބެހިގެންދާ ޕާޓިކަލްސްތަކަށް ވުމާއެކު، އޭގެ ސަބަބުން އިރުގެ ދޯދިތައް އެކި ދިމަދިމާއަށް ސްކެޓާ ކުރުމުގެ ބާރު ލިބިގެންވެއެވެ. އަދި އެއާއެކު، ވަށައިގެންވާ ސަރަހައްދާއި މާހަައުލުގެ ބޮޑުތަން ފިނިކޮށްދެއެވެ. 

ހުދު ކުލައަކީ އެތައް ގަރުނުތަކެއް ވަންދެން އޭގެ ފިނިކުރުމުގެ ބާރަށްޓަކައި، ހޫނު ކްލައިމެޓް ތަކުގައި ބޭނުން ކުރެވެމުން އަންނަ އެއްޗެކެވެ. އެހެންނަމަވެސް މި އާ ޔޫވީ ކުލައަކީ އާދައިގެ ހުދުކުލައާއި އަޅާބަލާއިރު، ބޮޑުތަން މަދުން އިރުގެ ދޯދި އެބްޒޯބް ކުރާ ކުލައެކެވެ. އޭގެ ސަބަބުން، އެއަށް ވުރެ މަދުން ހޫނުގެ ބައިވެސް ބޮޑުތަން ދަށްކޮށްދެއެވެ. 

އާދައިގެ ހުދު ކުލައަށް އެބްޒޯބް ކުރެވެނީ 10 ޕަސަންޓާއި 20 ޕަސަންޓާއި ދެމެގު އިރުގެ ދޯދިތަކެވެ. އެހެންނަމަ ވެސް މި ޔޫވީ ހުދުކުލައިން އެބްޒޯބް ކުރެވެނީ ހަމައެކަނި 1.9 ޕަސަންޓެވެ.

ޕާޑިއު ޔުނިވާސިޓީގެ މެކޭނިކަލް އިންޖިނިއަރިންގް ގެ ޕްރޮފެސަރު އަދި މި މަސައްކަތުގެ އެންމެ އިސް ރީސާޗާ ޒިއުލިން ރުއަން ލަފާގޮތުގައި، މި ކުލަ ބޭނުންކޮށްގެން 1000 ސްކޮޔާ ފީޓްގެ ފުރާޅެއްގައި ކުލަލައިފިނަމަ، 10 ކިލޯވަޓްގެ ފިނިކުރުމުގެ ބާރެއް ލިބިގެންދެއެވެ. 

އާންމު ގެދޮރު ތަކުގައި ބޭނުންކުރެވޭ ސެންޓްރަލް އެއާ ކޮންޑިޝަނިންގް އައި އަޅާބަލައިފަ މާ ބޮޑުތަން ބާރުގަދަ ބާރެއްކަން ފާހަގަކޮށްލެވެއެވެ. 

މަސައްކަތުގައި ބައިވެރިވި ސައިންސްވެރިން ބުނާގޮތުގައި މި ޔޫވީ ކުލައިގެ ހުދުމިނަކީ އެންމެ އަނދިރި ކަޅު ކުލަކަމަށްވާ، ވެންޓަބްލެކް ގެ ހުދު އިކުއިވަލެންޓެވެ. ވެންޓަބްލެކަކީ 99.9 ޕަސަޏްޓު ފެންނަން ހުންނަ އަލި އެބްޒޯބް ކުރާ ކުލައެކެވެ. 

އަދި އެސައިންސްވެރިން ބުނާގޮތުގައި މި ޔޫވީ ކުލައަކީ ރެކޯޑު ކުރެވިފައިވާ އެންމެ ފިނިކޮށްދޭ ކުލައެވެ.

ސަބަބަކީ މިކުލަ ޖައްސާ މަލަމަތިތައް ހުންނާނީ 19 ޑިގްރީސް ފަރެންހެއިޓް ރޭގަނޑުގައި އެހެން ވަށައިގެންވާ މާހައުލުތަކަށްވެރު މާފިނިކޮށް ކަމަށްވާތީއެވެ. އަދި ދުވާލުގަޑީގައި 8 ޑިގްރީސް ފަރެންހެއިޓް ދަށްކޮށްކަމަށްވާތީއެވެ.

ކެމްބްރިޖް ޔުނިވާސިޓީގެ އަލީގެ ސްކެޓަރިންގް މާހިރެއް ކަމަށްވާ ލޫކަސް ޝާޓެލް ސީއެންއެންއަށް ދެއްވި ބަހެއްގައި ބުނެފައިވަނީ، މި ޔޫވީ ކުލަ އިންޑަސްޓްރިއަލް ސްކޭލެއްގައި ބޭނުންކުރެވެން ފެށޭނަމަ، ދުނިޔޭގެ އެނާޖީ ކޮންސަމްޕްޝަނަށް ވަރަށް ރަނގަޅު ބަދަލުތަކެއް އަންނާނެކަމެވެ.  

   

  

63%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް