ads
އަހުސަން މުހައްމަދު،
އަހްސަންގެ ލޯޔަރަށް ބިރުދައްކާ ކަމަށް އާއިލާއިން ތުހުމަތުކޮށްފި!
ޓެރަރިޒަމްގެގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި ތ. ތިމަރަފުށި، އަސްރަފީވިލާ، އަހްސަންގެ މައްސަލަ ބަލަމުންދާ ލޯޔަރަށް ކޮންމެ ވެސް ފަރާތަކުން ބިރުދައްކަން ފަށައިފި ކަމަށް އާއިލާއިން ތުހުމަތުކޮށްފިއެވެ.
Advertisement

ސީއެންއެމްއަށް އަހްސަންގެ ބޭނެ ބުނީ ލޯޔަރާ އަހްސަނާއި މިހާރު ބައްދަލު ވެއްޖެ ކަމަށެވެ. އަދި ލޯޔަރު ވަނީ އަހްސަނަށް ފުލުހުން ކޮށްފައިވާ އަނިޔާތަކުގެ ވާހަކަ އާއިލާއަށް ކިޔާދީފައި ކަމަށް އާއިލާއިން ބުނެއެވެ. 

"ހަ ގަޑިއިރު ވަންދެން އޭނާ ބިޑި އަޅާފައި ބޭއްވި. ލޮލަށް ޕެޕާ ސްޕްރޭ ޖަހައިފައިވޭ،" އަހްސަން ލޯޔަރަށް ކިޔާދިން ކަމަށް ވެސް އޭނާގެ ބޭބެ އަހްމަދު އިހްސާން ކިޔާދިނެވެ.

އަހްސަން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ލޯޔަރަށް ފުލުހުން އަންގާފައިވީނަމަވެސް، އާއިލާއިން ބޭނުންވަނީ އަހްސަން މާލެ ގެނެސް ޑޮކްޓަރަކަށް ދެއްކުމަށް އާއިލާއިން ބުނެއެވެ. 

މިމައްސަލައިގައި ފުލުހުންނަށް ސީއެންއެމްއިން ގުޅުމުން ވެސް އަހުސަން ޑޮކްޓަރަށް ދައްކާފައިވާކަން ޔަގީންކޮށްދިނެވެ.

"ލޯޔަރު އާއިލާގެ ކައިރީގައި އަހްސަންގެ މައުލޫމާތު ހިއްސާކުރަމުންދާތީ ލޯޔަރަށް ކޮންމެވެސް ފަރާތަކުން ބިރުދައްކަމުންދޭ. ލޯޔަރުގެ ބަސް މިހާރު ބަދަލުވަމުންދަނީ،" - ބޭބެ އިހްސާން -

އަހްސަންއާއި ލޯޔަރު ބައްދަލުވި ނަމަވެސް އާއިލާއިން ބައްދަލުކުރަން އެދުމުން ފުލުހުން ބުނަމުންދަނީ ކޮވިޑްގެ ހަލަތުވީމައި ވަކި އުސޫލެއްގެ ދަށުން އެކަން ކުރަން ޖެހޭނެ ކަމަށް ކަމަށް އާއިލާއިން ބުނެެވެ. 

"އެހެންކަމުން އާއިލާއިން ދެކެނީ އެއީ އަހްސަންއާއި އާއިލާ ބައްދަލުކުރުމަށް ފުލުހުން ހުރަސްއަޅަނީ ކަމަށް،" -ބޭބެ އިހްސާން -

އިހްސާން ބުނީ އެޗްއާރްސީއެމް އަދި ހިއުމަން ރައިޓްސް އާއި ގުޅިގެން އަހްސަން މާލޭގެ ހޮސްޕިޓަލަކަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އަހްސަން ވަނީ މިމަހުގެ 12 ވަނަ ދުވަހުގައި ޑޮކްޓަރަށް ދައްކާފައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން ލޯޔަރަށް ގުޅުމުން ފޯނު ނުނަގާތީ އޭނާގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ. 

33%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް