އެމްއެންޑީއެފުން ދޮގުކޮށްފައިވަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރު ތިލަފަޅަށް އަރަން ޖެހޭނީ އިންޑިއާ ސިފައިންގެ ހުއްދަ ހޯދައިގެންކަމަށް ސީޢެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ޕާޕާ ދެއްކެވި ވާހަކަތަކަށް ރައްދުދީ މިއަދު ނެރުނު ބަޔާނެއްގައެވެ. އެމްއެންޑީއެފުން ބުނެފައިވަނީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
މީގެ އިތުރުން ހއ. ހަނިމާދޫ އެއާޕޯޓަށް އަރާ ފައިބަން ވެސް ބޭނުންވަނީ އެމްއެންޑީއެފްގެ ހުއްދަ އެކަނިކަމަށް ވެސް ސިފައިން ވަނީ ބުނެފައެވެ.
ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޕާޕާ ވިދާޅުވެފައިވަނީ އުތުރުތިލަފަޅަށް އަރައިފޭބެނީ އިންޑިއާ ސިފައިންގެ ހުއްދައާއި އެކުކަމަށެވެ. އަދި ހަނިމާދޫ އެއާޕޯޓުގެ ބައެއް ސަރަހައްދުތަކަށް ވަންނަން ވެސް އިންޑިއާ ސިފައިންގެ ހުއްދަ ބޭނުންވާކަމަށް ވެސް ޕާޕާ ވަނީ ވިދާޅުވެފައެވެ.