ads
ގައިދީއެއް --- ފޮޓޯ: ގޫގުލް
މިއަދަކީ ރަހީނުކޮށްފައިވާ ފަލަސްތީނު މީހުންގެ ހަނދާން އާކުރާދުވަސް
ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 17 ވަނަ ދުވަހަކީ ފަލަސްތީނުގައި ރަހީނުކޮށްފައިވާ އެންމެންގެ ހަނދާންތައް އާކޮށް ފަލަސްތީނުގެ އެންމެހާ ރައްޔިތުން އެއްބައިވަންތަކަމުގެ ނަމޫނާ ދައްކާ ދުވަހެކެވެ.
Advertisement

އިސްރާއީލުގެ ޖަލެއްގައި 17 އަހަރު ވަންދެން ޖަލު ހުކުމެއް ހޭދަކުރި މަންސޫރް އަލް ޝަހަތިތު އަށް މިނިވަންކަން ލިބުމަށްފަހު އޭނާގެ ލޮބުވެތި މަންމައާއި އެއްބަނޑު އެއްބަފާ ކުދިން ލޮލު ކުރިމައްޗައް އެރުމުންވެސް ވަކިއެއް ނުކުރެވުނެވެ. ޖަލުގައި ހުރިހާ އަނިޔާތަކަކާއި ވޭން ވޭތުވެދިޔަ 17 އަހަރު ތަހައްމަލް ކުރަންޖެހުމުގެ ސަބަބުން މީހާ ހުރީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެއްކޮށް ބަލިކަށިވެފައެވެ. އަދި އެއާއެކު، މެމޮރީ ލޮސްގެ ޝިކާރައަކަށް ވެސް ވަނީ ވެފައެވެ.

އޭނާގެ މިނިވަންވާ މަންޒަރުދުއް އޭނާގެ އާއިލާ މީހުންވެސް ހުރީ ފެންކަޅި ވެފައެވެ. 

"މަންސޫރު ޖަލަށް ގެންދިޔައިރު އޭނާގެ ސިއްހަތު ހުރީ އެތައް ގުނައެއް ރަނގަޅަށް! މަންސޫރްގެ ސިއްހަތަށް މިއައިސްފައިވާ ބަދަލުތަކުގެ ޒިންމާ އަހަރެން އަޅުވާނީ އިސްރާއިލަށް" އޭނާގެ މަންމަ، 64 އަހަރުގެ ފައިޒާ އަލް ޝަހަތިތު ބުންޏެވެ. އަދި އޭނާގެ ދަރިފުޅު ޖަލުގައި 2.5 އަހަރު ސޮލިޓަރީ ކޮންފައިން މަންޓުގައި ހޭދަކުރި ވާހަކަވެސް އޭނާ އިތުރުކޮށްލިއެވެ.

އާދެ، ޝައްކެއްނެތި މިއީ އިސްރާއީލްގެ ނުބައި ނުލަފާކަމުން އެތަކެއް ހާސް ބަދު ނަސީބުތަކުގެ ތެރެއިން އެންމެ މީހެއްގެ ހަޔާތް ބަރުބާދުވެދިޔަ ހިތާމަވެރި ވާހަކައެވެ.

ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 17 ވަނަ ދުވަހަކީ އިސްރާއީލްގެ އަޒުމާއި ގަދަބާރާ ދެކޮޅަށް އަޑުއުފުލާ ތެދުވުމުގެ ސަބަބުން އިސްރާއީލުގެ ރަހީނުންގެ ގޮތުގައި ޝިކާރަތަކަށް ވެފައިވާ ހުރިހާ އެންމެންގެ ހަނދާން އާކޮށް އެމީހުންގެ ހިތްވަރަށާއި ގުރުބާނީ އަގުވަޒަންކޮށް ފަލަސްތީނުގެ ރައްޔިތުންގެ އެއްބައިވަންތަކަން ދައްކާ ދުވަހެކެވެ. 

އިސްރާއީލުގެ ޖަލުގައި 4500 ފަލަސްތީނުގެ ރައްޔިތުން އެބަތިއްބެވެ. އޭގެ ތެރޭގައި 41 އަންހެނުންނާއި، 140 އަށާރަ އަހަރު ނުފުރޭ ކުޑަކުދިން ހިމެނެއެވެ. 2021 ވަނަ އަހަރު ފެށުނީއްސުރެ އިސްރާއީލުން ވަނީ 1400 ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށްފައެވެ.

ގާތްގަނޑަކަށް 550 ގައިދީންނަކީ އެކި ބަލިބަލި ޖެހިފައިވާ ގައިދީންނެވެ. އަދި މަދުވެގެން 10 ގައިދީންނަކީ ކެންސަރުގެ އެކި ސްޓޭޖްތައް ޑައިގްނޯޒް ވެފައިވާ މީހުންނެވެ. އަދި 368 ގައިދީންނަށް ވަނީ ކޮވިޑް ޖެހިފައެވެ.

ބައެއް ގައިދީން ޖަލުގައި މަޑުކުރާތާ 40 އަހަރަށްވުރެވެސް ގިނަދުވެސް ވެއްޖެއެވެ. އޭގެ ތެރެއިން 543 ގައިދީންނަކީ އުމުރުދުވަހަށް ހުކުމް ކޮށްފައިވާ މީހުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް