ސުޕަރ ޔުނައިޓެޑު ކޮޅަށް ފަސް ލަނޑު ޖަހައި، ތިން ޕޮއިންޓް ހޯދިނަމަވެސް ޔޫވީ އަދިވެސް އޮތީ ޓޭބަލްގެ އެންމެ ފުލުގައެވެ. އެއީ ތޭރަ މެޗުން ނުވަ ޕޮއިންޓާ އެކުއެވެ. ފުލުން ދެވަނައިގަ ސުޕަރ ޔުނައިޓެޑް އޮތީ ތޭރަ މެޗުން ބާރަ ޕޮއިންޓާ އެކުއެވެ. ފުލުގައި އޮތް ދެ ޓީމުގެ ދެމެޗުގައި މިހާރު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ.
ޔޫވީން ހޮނިހިރު ދުވަހުގެ ރޭ ހޯދި މޮޅަކީ ލީގުގައި އެ ޓީމުން ވިދިވިދިގެން ހޯދި ދެވަނަ މޮޅެވެ. ސުޕަރ ޔުނައިޓެޑު މެޗުގެ ކުރިން ކުޅުނު ދަގްރާންޑޭ މެޗުންވެސް ޔުނައިޓެޑު ވިކްޓްރީވަނީ މޮޅުވެފައެވެ. އޭގެ ކުރިން ކުޅުނު އެގާރަ މެޗުގެ ތެރެއިން އެންމެ މެޗަކުންވެސް މޮޅެއް ނުވެއެވެ.
ސުޕަރ ޔުނައިޓެޑު ކޮޅަށް ފަސް ލަނޑު ޖެހި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ޔޫވީގެ އިސްމާއިލް އީސާއެވެ. އޭނާވަނީ ދެ ލަނޑު ޖަހާފައެވެ.