ads
އަނިޔާ ލިބުނު އަންހެން މީހާގެ އެކްސްރޭ ކަމަށް ބުނެ އާދަމް ޝަރީފް އުމަރު ހިއްސާ ކުރެއްވި ފޮޓޯ ---
އަންހެނަކަށް ފުލުހުން އަނިޔާ ކުރިކަމުގެ ތުހުމަތެއް އާދަމް ޝަރީފް ކުރައްވައިފި
ފުލުހުންގެ ބެލުމުގައި ހުރި އަންހެނަކަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނެ، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީްފ އުމަރު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވަނީ، އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާގެ އެކްސްރޭގެ ފޮޓޯ ހިއްސާ ކޮށްފައެވެ.

އެގޮތުން އަންހެން މީހާ އާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ. އަދި މިއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި، މިމައްސަލަ މަޖިލީހަށާއި ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވެފައި ވެއެވެ.

މި މައްސަލައިގައި "ސީއެންއެމް" އިން ފުލުހުންނާއި ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ ކަމެއް ރޭގެ ވަގުތެއްގައި ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފަފައިނުވާ ކަމަށެވެ. 

ނަމަވެސް މި މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، އާދަމް ޝަރީފް ކުރެއްވި ޓުވީޓުގައި ހިމެނޭ މީހާ މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް