ކިރެން ރިޖިޖޫ ކުރައްވައިފައި ޓްވީޓެއްގައި ވާގޮތުން، އޭނާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ތަކުރާރުކޮށް ކޮވިޑް-19 ޓެސްޓު ހަދަމުންދަނިކޮށެވެ.
ރިޖިޖޫ ދަނީ ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރަމުން ކަމާއި، އަދި ރިޖިޖޫ އާ ކޮންޓެކްޓް ވެފައިހުރި ހުރިހާ ފަރާތްތަކުން ފަރުދީ ޒިންމާ އަދާކޮށް ކަރަންޓީނުވުމާއެކު ކޮވިޑް ޓެސްޓު ހެދުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ޔޫތު، ސްޕޯޓްސް އަދި ކޮމިއުނިޓީ އެމްޕަވާމަންޓުގެ މިނިސްޓަރު، އަހުމަދު މަހްލޫފް ވަނީ މިނިސްޓަރު ރިޖިޖޫއަށް އަވަސް ޝިފާއަކަށް އެދި ރިޓްވީޓްއެއް ކުރައްވާފައެވެ.