ads
އަނިޔާ ލިބުނު އަންހެން މީހާގެ އެކްސްރޭ ކަމަށް ބުނެ އާދަމް ޝަރީފް އުމަރު ހިއްސާ ކުރެއްވި ފޮޓޯ ---
އަންހެނަކަށް އަނިޔާކުރި މައްސަލައެއް ހުށަހަޅާފަނުވޭ: އެޗްއާރުސީއެމް
ފުލުހުންގެ ބެލުމުގައި ހުރި އަންހެނަކަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލަ މިހާތަނަށް އެ ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރުސީއެމް އިން ބުނެފިއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްމުން އެޗްއާރުސީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކޮމިޝަނަށް އަދި އެ މައްސަލަ ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގެ މައުލޫމާތު ސޯޝަލް މީޑިއާއިން ލިބުމުން، މައްސަލައާއި ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްއާރުސީއެމް އިން ބުނެފައިވެއެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވަނީ، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.

އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވަނީ، އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާގެ އެކްސްރޭގެ ފޮޓޯ ހިއްސާ ކޮށްފައެވެ. އަދި އަންހެން މީހާ އާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ. އަދި މިއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި، މިމައްސަލަ މަޖިލީހަށާއި ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވެފައި ވެއެވެ. 

މި މައްސަލައިގައި "ސީއެންއެމް" އިން ފުލުހުންނާއި ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ ކަމެއް ރޭގެ ވަގުތެއްގައި ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، އާދަމް ޝަރީފް ކުރެއްވި ޓުވީޓުގައި ހިމެނޭ މީހާ މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް