ads
އާރނޯލްޑް
ޖޭމްސް ކެމަރޮން ޓާމިނޭޓާގެ ރައިޓްސް ވިއްކާލީ އެންމެ ޑޮލަރަކަށް
މަޝްހޫރު ހޮލީވުޑް ފިލްމު "ދަ ޓާމިނޭޓާ" ނުބަލާ މީހަކު ދިވެހިންގެ ތެރެއިން މަދުވާނެ އެވެ. އާނޯލްޑް ޝުވޮޓްސަނޭގާ ލީޑް ރޯލުން ފެނިގެންދިޔަ މި ފްރެންޗައިޒްއަކީ ހޮލީވުޑްގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އެއް ފެރެންޗައިޒް އެވެ.

ކޮންމެހެންވެސް ފިލްމެއް ރީތިވާނީ އެ ފިލްމެއްގެ ވާހަކަ ރީތިވި ވަރަކަށް ކަން އެއީ އެންމެންވެސް ގަބޫލުކުރާ ހަގީގީގަތެކެވެ. އެހާ ހިސާބުން މީހުންގެ ހިތުތެރޭގަ އުފެދޭ ސުވާލަކަށް ވެގެންދާނީ ވާހަކަ ލިޔުނު މީހާއަށް މި ފިލްމުން ލިބިގެންދިޔައީ ކިހާވެރެއްތޯއެވެ؟ 

ޖޭމްސް ކެމަރޮން އަކީ ޓައިޓޭނިކް އަދި އެވޭޓާ ފަދަ ބްލޮކްބާސްޓާ ފިލްމު ބެލުންތެރިންނާ ހިސާބަށް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރެކެވެ. ނަމަވެސް އޭރު އޭނާ އަކީ އެއްވެސް މަޝްހޫރު ކަމެއް ލިބިފައިނުވާ ކުދި ފިލްމު އުފައްދައި އުޅުނު މީހެކެވެ. ކެމަރޮން ޓާމިނޭޓާ ފިލްމު އުފައްދަން ބޭނުންވެފަ ހުރި ވަރުން އޭނާ ވަނީ އެފިލްމުގެ ރައިޓްސް އެންމެ އެއް ޑޮލަރަށް ވިއްކާފައެވެ. ކެމަރަން އެއް ޑޮލަރަށް ރައިޓްސް ވިއްކާލީ ޝަރުތުތަކަކާވެސް އެކުއެވެ. އެއީ ފިލްމު ޓާމިނޭޓާ ޑައިރެކް ކުރާނީ އޭނާ ކަމަށް ޝަރުތު ކޮށްފައެވެ.

1984 ވަނަ އަަހަރު ޓާމިނޭޓާ ފިލްމު ސިނަމާތަކަށް ނެރުނު އިރު، ބޮކްސް އޮފީހުގަ 78.3 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފަވެއެވެ. އަދި މިހާތަނަށް 1.4 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ޓާމިނޭޓާ ފްރެންޗައިސް އަށް ލިބިފައިވެއެވެ.

your imageޖޭމްސް ކެމަރޮން

ޓާމިނޭޓާ ފިލްމު ބޮޑު ކާމިޔާބެއް ސިނަމާ ތަކުގަ ހޯދި ނަމަވެސް ފަހުން ކެމަރޮން ވަނީ އެހާ އަގުހުރި ވާހަކައެއް، އެންމެ އެއް ޑޮލަރަށް ވިއްކުނީތީ ދެރަވާ ކަމަށް ބުނެފައެވެ. އަދި އޭނާ "އަތުގަ ޓައިމް މެޝިނެއް ހުރިނަމަ، އަދި އެ ޓައިމް މެޝިނުން މާޒީ އަށް ފޮނުވާލެވޭނީ ހަމަ އެކަނި ޓުވީޓެއް ވަރު މެސެޖެއް ނަމަ، ފޮނުވާނީ "ނުވިއްކާ" ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް