ގާނޫނުގައި ބުނާގޮތުން އިންތިހާބު ބާއްވާ 14 ދުވަސްތެރޭ ރަސްމީ ނަތީޖާ އިއުލާންކުރަންޖެހެއެވެ. އިލެކްޝަން ކޮމިޝަނުން ބުނީ ގާނޫނުގައި ބުނާ މުއްދަތުގައި ރަސްމީ ނަތީޖާ އިއުލާންކުރާނެ ކަމަށެވެ.
އެހެންކަމުން މިހާރު އިންތިހާބުގެ ރަސްމީ ނަތީޖާ އަންނަ އަންގާރަ ދުވަހު އިއުލާންކުރަން ނިންމާފައިވާއިރު އީސީން މަސައްކަތް ކުރަމުންދަނީ ޝަކުވާތަކަށް ޖަވާބު އެ މައްސަލަތައް ހައްލު ކުރުމަށެވެ. އަދި ވޯޓު އެެއްވަރު ވެގެން އިންތިހާބުގެ ދެވަނަ ބުރު ބާއްވަންޖެހޭ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތްވެސް އީސީން ދަނީ ކުރަމުންނެވެ.