ads
ރީގެ ޕީޖީ މުހުތާޒް މުހުސިންގެ ކޮށްކޮ ސަލްމާ ނަސީރު:-
ބެބީ ގެންދިޔައިރުވެސް ސަލްމާއޮތީ ހިނުތުންވެލައިގެން: ހާލުދެރަވީ އޭގެ ފަހުން
ވިހެއުމުގެ ތެރޭގައި ކުރީގެ ޕީޖީ މުހުތާޒް މުހުސިންގެ ކޮއްކޮ ސަލްމާ ނަސީރު މަރުވެފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ. ސީއެންއެމްއިން ވާނީ ސަލްމާ މަރުވީ ދަރިފުޅު ވިހެއިފަހުން ލޭ މަނާނުވެގެންކަަމަށް ރިޕޯޓުކޮށްފައެެވެ. އެހެންނަމަވެސް އޭރު މިނިސްޓްރީގެ ފަރާތުންވެސް އަދި ހޮސްޕިޓަލުގެ ފަރާތުންވެސް ރަސްމީކޮށް އެއްޗެއް އަންގާފައެއް ނުވެއެވެ.

ސަލްމާގެ ފިރިމީހާ ވަނީ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ހެލްތު މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގެ ޖަވާބުގައި މިނިސްޓްރީން ވަނީ އެ މަރުގައި ހޮސްޕިޓަލުގެ އިހުމާލުތަކެއް ހުރިކަން ފާހަގަކޮށްފައެވެ. 

އެދުވަހު ކަންހިގާފައިވާ ގޮތަށް ބަލާއިރު، 1 ފެބްރުއަރީ 2021 ވަނަ ދުވަހު ސަލްމާގެ ބަނޑަށް 39 ހަފްތާ 6 ދުވަހުގައި ވިއްސުމަށްޓަކައި ވޭންވަރު ގެނައުމަށް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެއެވެ. އަދި އޭގެ ދެވަނަ ދުވަހު 9:45 ގައި ސަލްމާ ވޯޑްއަށް ބަދަލުކުރިއިރު، އޭނާގެ ދަރިފުޅުގެ ވިންދު ރަނގަޅުކަމަށާއި އަދި ކްރޮސްމެޗް ހަދަން ފޮނުވާފައިވެއެވެ.

ޢޭގެފަހުން 12:25 ގައި ސަލްމާ ލޭބާ ރޫމް އަށް ގެންދެވުނު ކަމަށާއި، ބެލިބެލުމުން ވައިޓަލްސް ރަނގަޅުކަމާއި ސީޓީޖީ ހެދިކަން، އަދި ބަނޑުގައިވާ ދަރިފުޅުގެ ވިންދު ރަނގަޅުކަމަށް ވެސް ބުނެފައިވެއެވެ. 12:43 ގައި މީސޯޕްރޮސްޓޯލް (ފުރަތަމަ) ޑޯޒް، ބަނޑުގެ ވޭންވަރު ގެންނަންވެގެން ދިންކަން، އަދި ހަތަރު ގަޑިން، 4 ޑޯޒް ހަމަވަންދެން ދެވިފައިވާކަން ލިޔެކިއުމުން ފެންނަންހުރި ކަންވެސް ފާހަގަކޮށްފައިވެއެވެ.

އޭގެ ފަހުން ފެބްރުއަރީ ތިންވަނަ ދުވަހު ހެދުނު 5:34 ގައި ސަލްމާ އަނެއްކާ ލޭބާ ރޫމް އަށް ގެންދެވިފައިވެއެވެ. އަދި މީސޯޕްރޮސްޓޯލްގެ ފަސް ވަނަ ޑޯޒް ދީފައިވެެއެވެ. އޭރުވެސް ބޭބީގެ ވިންދު ރަނގަޅުކަމަށް އަދި ބަނޑުގެ ވޭންވަރު އަންނަން ފަށާފައިވާ ކަމަށް ލިޔެކިޔުމުން ފެންނަން ހުރެއެވެ. މީސޯޕްރޮސްޓޯލް ގެ އެންމެ ފަހު ޑޯޒް ދިންތާ އެއްގަޑި އިރު ފަހުން ބަނޑުގެ ވޭންވަރު ގެންނަން އިންޖެކްޝަން ސިންޓޯސިނޯން ފަށާފައިވާއިވެއެވެ. 

އޭގެފަހުން ހެދުނު 11:00 ގައި ވެސް ބަނޑުގެ ވޭންވަރު އަންނަކަމާއި، ތިން ސެންޓިމީޓާ އަށް ރަހިމުގެ ދޮރު ހުޅުވިފައިވާކަން، އަދި އެއްގަޑި އިރު ފަހުން ބެލިއިރު ރަހިމުގެ ދޮރު އެއްކޮށް ހުޅުވިފައިވާކަން ލިޔެކިޔުންތަކުން ފެންނަންހުރިިއިރު އޭގެ 20 މިނިޓް ފަހުން ވެކިއުމްކޮށްގެން ބޭބީ ވިއްސާފައިވެއެވެެ. އަދި ވިހެއިފަހުން ލޭފޭބިކަން ލިޔެކިޔުންތަކުން ދެއްކި ނަމަވެސް ލޭފޭބީ ކިހާވަރަކަށްކަން ލިޔެކިއުމުން ފެންނާކަށް ނެތެވެ. މެންދުރު 12:55 ގައި ލޭފައިބާތީ ބޭސް ފަށާފައިވެއެވެ. އަދި "ވެޖައިނަލް އެކްސްޕްލޮރޭށަން" ހަދާފައިވެއެވެ.

ސަލްމާގެ އެހީތެރިޔާގެ ބަޔާނުން އިނގޭގޮތުގައި ވިހަންވެގެން އެޑްމިޓްކުރިއިރު ދެމީހަކަށް ކޮރޮސްމެޗް ހަދާފައިވެއެވެ. އެހެންނަމަވެސް ޑޯނާ ގެންނަންބުނީ ވިހެއުމަށްފަހު އިރުތަކެއްފަހުން ލޭމަނާނުވެގެންނެވެ. އޭގެފަހުން 13:35 ގައި ބަލިމީހާގެ ހާލަތު ހޮސްޕިޓަލުގެ ފަރާތުން އަންގަމުން ސަލްމާގެ ފުރާނަ ސަލާމަތް ކުރުމަށް ރަހިމު ނަގަން ޖެހިދާނެކަމަށް އާއިލާއަށް ކިޔައިދީފައިވެއެވެ.

ވިހެއުމަށްފަހު ބޭބީ ގެންދިޔައިރުވެސް ސަލްމާއޮތީ ވަރަށް ހެވިފައި ކަމަށާއި، އިރުކޮޅެއްފަހުން ފުސްވާ ކަހަލަގޮތެއްވެ، މޫނު މައްޗައް އަނދިރިވާން ފެށީ ކަމަށް ސަލްމާ ބުނިކަން، އެހީތެރިޔާގެ ބަޔާނުން އެެގެއެވެ. ބަލިމީހާގެ ހާލަތު އެހީތެރިޔާއަށް ކިޔައިދިނުމަށްފަހު 13:40 ގައި ލޭ ގެންނަން ބުނިކަމާއި، ބްލަޑް ބޭންކުން ދެ ޕައިޓް ލޭ ހަމަޖެއްސިކަންވެސް ލިޔެކިޔުމުން އެގެން އޮވެއެވެ. އެގޮތަށް ލޭ ހަމަޖެހި ވިހެއިތާ 1 ގަޑިއިރު ފަހުންވެސް ލޭބާ ރޫމްގައި ސަލްމާގެ ގަޔަށް ލޭ އަޅާފައި ނުވާކަމަށްވެސް ލިޔުމުން އެގެން އޮތް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަލްމާ އޮޕަރޭޝަން ތިއޭޓަރަށް ގެންގޮސްފައިވަނީ 14:00 ގައެވެ. އޭރު ނޭވާލާން އުދަގޫވާކަމަށް ސަލްމާ ބުނިކަން ހޮސްޕިޓަލުގެ ލިޔެކިއުމުން ފެންނަންހުރިއިރު ހެޔައްގޮތްވެފައިވާކަމާއި، "ރެސްޓްލެސް" ނަމަވެސް އެގަޑީގައި ލޭގެ ޕްރެޝާ ބެލިފައިނުވެއެވެ. އޭރު ވިންދުހުރީ 190 މިނިޓްގައިކަން ލިޔެކިއުމުން ފެންނަން ހުރިއިރު 190 މިނިޓް އަކީ ހުންނަންޖެހޭ ވަރަށްވުރެ މައްޗެވެ.
ސަލްމާގެ ގަޔަށް ލޭ އަޅަން ފަށާފައިވަނީ 14:25 ގައެވެ. އޭރު ވިންދުުހުރީ 42 މިނިޓްގައެވެ. އެހެންނަމަވެސް އެގަޑީގައިވެސް ލޭގެ ޕްރެޝަރު ރިކޯޑް ނުކުރެވޭތީ 14:30 ގައި "ހިސްޓެރެކްޓޮމީ" ހަދަން ފެށިއެވެ. އަދި އޮޕަރޭޝަނުގެ ތެރޭގައި އޭނާ މަރުވެފައިވަނީ "ކާޑިއެކް އެރެސްޓް" އަށް ފަހުއެވެ. ކާޑިއެކް އެރެސްޓް އަށް ދިޔުމުން "ސީޕީއާރް" ހެދިނަމަވެސް އޭނާގެ ފުރާނަ ސަލާމަތްނުވެ ސަލްމާ މަރުވެފައިވަނީ ހަވީރު 16:00ގައެެވެ. އަދި ބަލިމީހާ ނިޔާވި ސަބަބު އާއިލާއަށް ކިޔާދީފައިވަނީ 16:05ގައެެވެ. 


އެ ހާދިސާ ހިނގިގޮތް، ހޮސްޕިޓަލުގެ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް ތަފްސީލުކޮށް ކިޔައިދީފައިވާއިރު، މިނިސްޓްރީން ބުނީ މާބަނޑު މީހުންނަށް މަތީ މިންގަނޑަކަށް އަޅާލެވޭ އަދި އެކަމުގެ އެންމެހާ ވަސީލަތްތައް ފަހިވެފައިވާ ތަންތަނުގައި ވެސް، ވިހެއުމަށް ފަހު ގަދައަށް، އަދި މެދުކެނޑުމެއް ނެތި ލޭ އައިސް، ބަލިމީހާގެ ހާލަތު ދަށްވަމުން ދާ ހިނދެއްގައި، ވިހެއުމުގެ ތެރޭގައި ހިނގާ މަރަކީ ބައެއް ހާލަތްތަކުގައި، ދުރުކުރުވޭނެ ކަމެއް ކަމުގައި ނުވެދާނެ ކަަމަށެވެ. ނަމަވެސް ވިހެއުމުގެ ތެރޭގައި ދިމާވެދާނެ ހާލަތަކަށް ފުރިހަމައަށް ތައްޔާރުވެފައި އޮތުމަކީ ކޮންމެ ސިއްހީ ފަރުވާދޭ ތަންތަނަކުންވެސް ކުރަންޖެހޭނެ ކަމެއްކަން މިނިސްޓްރީން ފާހަަގަކުރިއެވެ.

މިނިސްޓްރީން ބުނީ މިހާދިސާގައި ހިމެނުނު މުވައްޒަފުންނާއި ޑޮކްޓަރުން ވަކިވަކިން ދީފައިވާ ބަޔާންތަކަށް ބަލާއިރު، ހަށިގަނޑުން ފޭބި ލޭގެ މިންވަރު އެފަރާތްތަކަށް އަންދާޒާ ކުރެވިފައިވަނީ މަދުން ކަމަށެވެ. އެހެންނަަމަވެސް ރިވިއުއިން ފެންނަގޮތުގައި، ވިހެއުމަށް ފަހު ހަށިގަނޑުން ފޭބި ލޭ ވަޒަންކުރެވިފައިވާ މިންވަރަށް ވުރެ ބޮޑަށް ލޭފައިބާފައިވާކަން އަންދާޒާ ކުރެވޭ ކަމަށްވެސް މިނިސްްޓްރީން ވަނީ ބުނެފައެވެ.
ލޭ ދޭން ދެމީހެއްގެ ކްރޮސްމެޗު ހެދިފައި ވީ ނަމަވެސް، އެމީހުންގެ ގައިން ލޭ ނަގައި، ލޭ އެޅުމަށް ތައްޔާރުކުރެވިފައި ނުވާކަން މިނިސްޓްރީންވެސް ފާހަގަ ކުރެއެވެ.


"ވިހެއުމަށްފަހު މިގޮތަށް ވަރަށް ގިނައިން ލޭ ފޭބުމަކީ އެކަށީގެންވާ، އަދި ހިނގާފާނެކަމެއްކަމުން ވަގުތުން ލޭއެޅޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ ބަލިމީހާ އަށް އެންމެ ރަނގަޅު ފަރުވާ ދިނުމުގައި، އަދި ފުރާނަ ސަލާމަތް ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް. އަދި، ވީހާ ވެސް ކުރިއާލައި އެކަމަށް ތައްޔާރު ވާން ޖެހޭނެ. ނަމަވެސް މި ކޭސްއިން ފާހަގަ ކުރެވުނީ ލޭ ދޭނެ ފަރާތެއް ހަމަޖައްސާފައި ވީނަމަވެސް ބަލިމީހާ އަށް ލޭ އެޅުމުގައި ލަސް ވެފައިވާކަން" މިނިސްޓްރީން ބުނެފައިވެއެވެ.


0%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
84%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް