ads
މެންޗެސްޓަރ ޔުނައިޓެޑް ޗެމްޕިއަންސް ލީގު ޓްރޮފީއާ އެކު
ޔޫރަޕިއަން ސުޕަރ ލީގުގެ ވާހަކައާއެކު ޔުއެފާގެ ވަރުގަދަ އިންޒާރެއް
ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބުތައް އެކުވެގެން ތައާރަފުކުރަން މަސައްކަތް ކުރަމުން އަންނަ ޔޫރަޕިއަން ސުޕަރ ލީގުގެ ހަބަރާ އެކު ޔުއެފާއިން ވަރުގަދަ އިންޒާރެއް ދީފިއެވެ.

އިނގިރޭސި ހަ ކްލަބަކާ، ސްޕެއިން އަދި އިޓަލީގެ ބައެއް ކްލަބުތައް އިސްވެ އޮވެ ތައާރަފުކުރަން މަސައްކަތްކުރާ ސުޕަރ ލީގުގެ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ސުޕަރ ކްލަބުގައި ހިމެނޭ ކްލަބުތަކުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑު، ލިވަޕޫލް އަދި ޗެލްސީއާ، މެންޗެސްޓާރ ސިޓީގެ އިތުރުން ސްޕެއިނުން ރިއަލް މެޑްރިޑާ ބާސެލޯނާ އަދި އިޓަލީން އިންޓަރ މިލާނާ، އޭސީ މިލާން އަދި ޔުވެންޓަސް ހިމެނެއެވެ. 

ޖަރުމަން އަދި ފްރާންސްގެ އެއްވެސް ޓީމެއް ސުޕަރ ލީގުގައި އަދި މިހާތަނަށް އޮންބޯޑްވެފައެއެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސުޕަރ ލީގުގެ މޭސްތިރިންނަކީ ރިއާލް މެޑްރިޑްގެ ރައީސް އަދި ލިވަޕޫލުގެ ވެރިޔާއެވެ.

ސުޕަރ ލީގުގެ ހަބަރު އަނެއްކާވެސް މީޑިއާގައި ތިލަވުމާއި އެކު ޔުއެފާއިންވަނީ އެކަމާ ދެކޮޅަށް އިންޒާރު ދީފައެވެ. ޔުއެފާއިންވަނީ ސުޕަރ ލީގުގައި ބައިވެރިވާ ކުލަބުތައް އުމުރަށް ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު މީގެ ކުރިންވެސް ދީފައިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އެ ލީގުގައި ވާދަކުރާ އެއްވެސް ކުޅުންތެރިއަކަށް ޑޮމެސްޓިކް ލީގުގައިވެސް އަދި ބައިނަލް އަގްވާމީ އެއްވެސް މުބާރާތެއްގައިވެސް ނުކުޅެވޭނެ ކަމުގެ އިންޒާރުވަނީ ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް