ads
މޮޖީޓޯ——ފޮޓޯ:ސީއެންއެމް
ސީއެންއެމް ބަދިގެ: މޮޖީޓޯ
ސީއެންއެމް ބަދިގޭގައި މިއަދުގެ މި ހިމަނާލަނީ "މޮޖީޓޯ" އެވެ.

މިއީ ކަރުހިއްކުން ފިލުވުމަށާއި ހަށިގަނޑު ރިފްރެޝްކޮށްލަން ވަރަށް ރަނގަޅު ބުއިމެކެވެ. އެގޮތުން މި ރޯދަމަހުވެސް މުޅި ދުވާލު އެއްވެސް އެއްޗެއް ނުކައި ހުރުމުގެ ސަބަބުން ރޯދަވީއްލާއިރު އެ އަންނަ ވަރުބަލިކަން ފިލުވާލުމަށް ސުފުރާ މަތީގައި ހުންނަން މިއީ ވަރަށް މުހިންމު ބުއިމެކެވެ.

ބޭނުންވާތަކެތި: 

  • މިންޓް ލީފް
  • ލުބޯ
  • ޝުގާ ޕައުޑާ
  • ސޯޑާ 
  • ފްރުޓްސް( ބޭނުންވައްތަރަކުން)
  • އައިސްކިޔުބްސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ދިގު ބިއްލޫރި ތަށްޓަކަށް ލުބޯއެއް ދެފަޅިކޮށްލުމަށްފަހު ހަތަރު ފަޅިއަށް ބައިކޮށްލާފައި ތަށްޓަށް އަޅާލާށެވެ. ދެން އޮރެންޖް(ބޭނުންވާ ފުރުޓްސް އެއް) ފަޅާލުމަށްފަހު ދެތިން ހަތަރު އެތިކޮޅު ތަށްޓަށް އަޅާލާށެވެ. އަދި ބާކީ ޖޫސް ނެގުމަށްފަހު އެހަށް ބަހައްޓާލާށެވެ. 

އެޔަށްފަހު ހަތަރު ވަރަކަށް މިންޓް ލީވްސް އަދި ދެ ސަމްސާ ޝުގާ ޕައުޑާ އަޅާލުމަށްފަހު ރަނގަޅަށް އެއްޗަކުން ހުރިހާ އެެއްޗެއްް އެއްކޮށްލާށެވެ. އެެއްކުރާނީ ތަށީގައިހުރި ހުރިހާއެއްޗެއް ޗަސްވާގޮތަށެވެ. 

އޭގެފަހުން ކްރަޝް އައިސް އިން ތަށީގެ ދެބައިކުޅައެއްބައި ފުރާލުމަަށްފަހު ކުރިން ނެގި އޮރެންޖް ޖޫސްކޮޅު އަޅާލާށެވެ. ބޭނުންނަމަ ޕެކެޓް ޖޫސްވެސް ބޭނުންކުރެވިދާނެއެވެ. އެޔަށްފަހު ބާކީ ހުރިބައި ސޯޑާ އަޅާ ފުރާލާނީއެވެ. 

މިހާރު ތިހުރީ މޮޖީޓޯ ރެޑީވެފައެވެ. ގާނިޝްކޮށްލުމަށް އޮރެންޖް ފޮއްޗެއް(ބޭނުންކުރި ފްރުޓްސްއެއްގެ) ތަށީގައި ޖަހާލުމަށްފަހު ސާވްކޮށްލާށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް