ads
ނިއުދިއްލީ މަގުމަތީ މީހުން ފޯރިމަރަނީ
ނިއުދިއްލީ ލޮކްޑައުންކޮށްފި
ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އިތުރުވުމުގެ ސަބަބުން އިންޑިއާގެ ވެރިރަށް ނިއުދިއްލި ލޮކްޑައުން ކޮށްފިއެވެ.

ދިއްލީ ޗީފް މިނިސްޓަރު އަރްވިންދުު ކެޖިރްވާލް ވިދާޅުވީ، މިރޭ 10:00 އިން ފެށިގެން މި މަހުގެ 26 ވާ ހޯމަ ދުވަހުގެ 05:00 ނިޔަލަށް މިލޮޮކްޑައުން ދެމިގެންދާނެ ކަމަށެވެ. 

ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވުމުގެ ސަބަބުން ގިނަ ހޮސްޕިޓަލްތަކުގައި އޮކްސިޖަން މަދުވެ އަދި އައިސީޔޫ އެނދުތައް ފުރެމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޗީފް މިނިސްޓަރު ކެޖިރްވާލް ވިދާޅުވީ ލޮކްޑައުން ކުރުން އެއީ އޭނާ އަބަދުވެސް ދެކޮޅުހެއްދެވި ކަމެއް ނަމަވެސް ދިއްލީގެ ހާލަތު ހުރިގޮތުން ސިއްހީ ނިޒާމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ މިވަގުތު ނެތް ކަމަށެވެ. ލޮކްޑައުންކޮށްފައިވަނީ އެ ނިޒާމަށް ބޭނުންވާ އިންފްރާސްޓަރަކްޗާ ގާއިމްކުރުމަށާއި ބަލި ޖެހޭ މީހުންގެ އަދަދު މިވަގުތަށް ކޮންޓްރޯލްކުރުން ކަމަށެވެ. 

ކެޖިރްވާލް ވަނީ ލޮކްޑައުންގެ ގަވައިދުތަކާ އެއްގޮތަށް ކަންކަން ބެހެއްޓުމަށް ރައްޔިތުން ކިބައިން އެދިވަޑައިގެންވަފެއެވެ. 

 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް