ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ހުރިހާ ރައީސުން ވެސް ނަޝިދާއި ދެކޮޅު
ބޮޑުވަޒީރު ކަމަށް ރައީސް ނަޝީދު ޝައުގުވެރިކަން ފާޅުކުރުމުން، ހުރިހާ ރައީސުންވެސް އެކަމާއި ނުރުހުން ފާޅު ކޮށްފިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެންގެވުމާއި އެކު ރައީސް ނަޝީދުގެ ސަޕޯޓަރުން ވަނީ ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް ޓްވީޓު ކުރަން ފަށާފައެވެ. 

ނަމަވެސް ސިޔާސީ ދާއިރާގެ "ބޮޑެތިންނަށް" މިއީ މާ ހިތްޕުޅާވާ ކަމަކަށް ނުވިއެވެ. 

ރައީސް މައުމޫނު އަބްދުލް ގައްޔޫމް

އެގޮތުން ރާއްޖޭގެ ވެރިކަން އެންމެ ގިނަދުވަހު ކުރައްވާފައިވާ ރައީސް މައުމޫނު އަބްދުލް ގައްޔޫމު މިކަމާއި ގުޅޭ ގޮތުން ވިދާޅުވެފައިވަނީ ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑުު އަގުލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި، ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅުން ބަދަލު ނުކުރެވޭނެ ކަމަށެވެ. 


ރައީސް ޑރ. ވަހީދު ހަސަން މަނިކު

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރާނީ ވަކި މީހަކު ހަވާސާގައި ހުންނަން ޖެހޭތީ ނޫން ކަމަށާއި، އެ ބަދަލަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުނީމާ ކަމަށް ރައީސް ވަހީދު ވަނީ ވިދާޅުވެފައެވެ.

 

ބަރުލަމާނީ ނިޒާމް ގެނައުމަށް ފެށުނީއްސުރެ ނަޝީދު އަންނަނީ ވަކާލާތު ކުރަމުންނެވެ. ނަޝީދު ވިދާޅުވަނީ ރާއްޖޭގައި އޮންނަން އެންމެ ކަމުދާ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިހާރު ހުންނެވީ ޖަލުގައި ކަމަށް ވާތީ މިކަމުގައި އެމނިކުފާނުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. ނަމަވެސް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވެސް ވަނީ މިކަމާ ނުރުހުން ފާޅުކޮށްފައެވެ. 

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވަކި މީހަކު ބޮޑުވަޒީރުކަން/ރަސްކަން ކުރަން ޖާގައެއް ނެތް ކަމަށާއި، ރައްޔިތުން ނިންމި ނިޒާމްގައި ވެރިކަން ކުރަން ލިބުނު ދެ ފުރުސަތުގައިވެސް އެމްޑީޕީއިން ވަނީ ފެއިލް ވެފައި ކަމަށެވެ. އަދި ރައީސް އިސްތިއުފާދީ/އަޒުލްކޮށް، ރައީސް ޔާމީން ބައިވެރިވާ އިންތިހާބެއް ބާއްވަން ވެއްޖެ ނަމަ ސަރުކާރާއި ރައީސް ނަޝީދުގެ އަމަލުން ކަށަވަރު ވެއްޖެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. 



ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު މިކަމާއި ގުޅިގެން ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

މީގެ ކުރިން މިކަމުގައި ފާޅުކަން ބޮޑު ގޮތެއްގައި ވަކި ގޮތެއް ހާމަ ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ސީދާ ވަކިގޮތެއް ނުނިންމެވިއަސް، ރައީސް ނަޝީދު ދޭތެރެއަކުން މިފަދަ ވާހަކައެއް ދެއްކެވީމާ އެކަމާ ރައީސް ސޯލިހުވެސް ބަސް ބުނެފައި އެބަހުއްޓެވެ.

އެގޮތުން ވެރިކަމުގެ ނިޒާމު ބަދަލު ކުރެއްވުމަށްވުރެ ބޮޑަށް އެމަނިކުފާނުގެ ވިސްނުން ހުރީ އެމަނިކުފާނު ވެފައިވާ ވައުދުތައް ފުއްދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 


މައްސަލައަކީ ވެރިކަމުގެ ނިޒާމު ނޫން ކަމަށާއި ވެރިކަން ކުރަން ތިބޭ ބައެއްގެ ތެދުވެރިކަން -ރައީސް ސޯލިހު


މީގެ އިތުރުންވެސް ސިޔާސީ ދާއިރާގައި ފުންނާބު އުސް ގިނަ ބޭފުޅުން ވަނީ މިކަމާ ދެކޮޅުހަދާފައިވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު މިއަދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މެސެޖު ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވާކަމަށެވެ. 

މީގެ އިތުރުން މިކަމާ ގުޅިގެން ރައީސް ދެކެވަޑައިގަންނަވާ ގޮތް މަބުރޫކު ހިއްސާ ކުރެއްވިއެވެ. 


"މިހާރު މި އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށް ވާތީ، މިކަމަށް ބަދަލެއް ގެނެވޭނީވެސް އާންމު ރައްޔިތުންގެ ވޯޓަކުން" ރައީސް ވިދާޅުވިއެވެ.


އެގޮތުން 2007 ވަނަ އަހަރު އޮތް ނިޒާމު ކަނޑައެޅުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ރައީސް ނަޝީދު ކެމްޕެއިން ކުރެއްވީ ބަރުލަމާނީ ނިޒާމަކަށެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދުކުރެއްވީ ރިޔާސީ ނިޒާމަކަށެވެ.

އެއަހަރުގެ އިންތިހާބުގައި ރައްޔިތުންގެ ތެރެއިން ބޮޑު އިންސައްތައެއް ނިންމާފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

63%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް