ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމާ މޮރީނިއޯ ހަވާލުވީ މިދިޔަ ސީޒަނުގެ މެދު ތެރެއިންނެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން ޓޮޓެންހަމްވަނީ ލީގުގެ ސާދަވަނައިން ހަވަނަ އަށް ކުރިއަށް އަރާފައެވެ. އަދި މޮރީނިއޯގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް ވަނީ ޔޫރޮޕާ ލީގަށް ކޮލިފައިވެފައެވެ. އެހެން ނަމަވެސް މި ފަހުން އަނެއްކާވެސް ކުޅުން ދަށްވެ، މިހާރުވަނީ ހަތްވަނައަށް ވެއްޓިފައެވެ.
ކުއްލި ގޮތަކަށް ޓޮޓެންހަމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރިއިރު، އިގިރޭސި ލީގުކަޕުގެ ފައިނަލްގައި މެންޗެސްޓަރ ސިޓިއާ ދެކޮޅަށް ޓޮޓެންހަމް ކުޅޭ މެޗު އަންނަ ހަފުތާގައި އޮންނާނެއެވެ.