އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބާ ގުޅިގެން ލިބިފައިވާ ޝަކުވާތަކާއި ގުޅިގެން އެ ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ދެ ރަށެއްގައި އަލުން އިންތިހާބު ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެ ދެރަށަކީ ތ.ގާދިއްފުށްޓާއި ލ.މާވަށް ކަމަށް ވެސް ޝަރީފް ވަނީ ހާމަކުރައްވާފަ އެވެ.
ޝަރީފް ވިދާޅުވީ އިންތިހާބުގެ އަލުން އެދެރަށުގައި ކުރިއަށް ގެންދިޔަ ނަމަވެސް އިންތިހާބުގައި ވޯޓް ދެވޭނީ ކުރީން ވެސް ވޯޓް ލިސްޓްގައި ހިމެނޭ މީހުނަށް ކަމަށެވެ.
އަދި ވޯޓްލާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.