އާއްމުކޮށް ދިވެހި މާހައުލާއި މާ ރަށްޓެހި ކެއުމެއް ނޫންވިޔަސް މިއީ މަދުން ނަމަވެސް ދިވެހިންގެ އޯޑަ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެއް ކެއުމެވެ.
އެހެންނަމަވެސް ގިނަ ފަހަރަށް ލަސާނީއެއް ކާހިތްވުމުން ދާންޖެހެނީ ކޮންމެވެސް އަގުބޮޑު ރެސްޓޯރެންޓަކަށެވެ. އެހެންކަމުން ސީއެންއެމް ބަދިގޭގައި މިއަދު މިހުށަހަޅާލަނީ އެ ފަދަ ތަނަކަށް ނުގޮސް ބީފް ލަސާނީއެއް ގޭގައި ފަސޭހަ ކަމާއިއެކު ތައްުޔާރުކޮށްލެވޭނެ ގޮތެކެވެ.
ބޭނުންވާ ތަކެތި:
ތައްޔާރުކުރާނެ ގޮތް:
ލަސާނީއެއް ތައްޔާރުކުރުމަށް “ވައިޓް ސޯސް” އަދި “މީޓް ސޯސް” ގަނޑެއް ތައްޔާރުކޮށްލަން ޖެހޭނެއެވެ. އެހެންކަމުން މިދޭތި ވަކިވަކިން ތައްޔާރުކޮށްލެވޭނެ ގޮތެއް ފުރަތަމަ ކިޔާލަދޭނަމެވެ.
މީޓް ސޯސް:
ފުރަތަމަ ތިން ސައިސަމުސާ އޮލިވް އޮއިލްގެ ތެރެއަށް އެއް ފިޔާ، ލޮނުމެދު އަޅާލާފައި ރަނގަޅަށް ފިޔާގަނޑު މީރުކޮށްލާށެވެ. އެއަށް ފަހު ޗިސްކޮށްފަ ހުރި 200 ގުރާމު ބީފް، ލޮނު، ދިރި، ޓޮމާޓޯ ޕޭސްޓް، އެއް 1/2 ތަށި ދަޅުގައި ބަންދުކޮށްފައި ހުންނަ ރޯ ޓޮމާޓޯ، ތިނެއް ނުވަތަ ހަތަރު ބޭ ލީވްސް، އެއް ސަމުސާ ރޯޒްމެރީ، އެއް ސަމުސާ އޮރިގާނޯ، އެއް ސަމުސާ ބޭސިލް ލާފައި ރަނގަޅަށް އެއްކޮށްލުމުން މީޓް ސޯސް ތައްޔާރުކޮށްލެވުނީއެވެ.
ވައިޓް ސޯސް:
ފުރަތަމަ ތިން ސަމުސާ ބަޓަރު، ދެ ސަމުސާ ފުށް އަޅާފައި ރަނގަޅަށް އުނދުނުގައި ކައްކާލާށެވެ. އެއަށް ފަހު އެއް 1/2 ތަށި ޕެކެޓު ކިރު ތެރެއަށް ޗީޒް އަޅާލާފައި ރަނގަޅަށް ކައްކާލުމުން ވައިޓް ސޯސްވެސް ތައްޔާރުކޮށްލެވުނީއެވެ.
ދެން އޮންނާނީ އެންމެ ފަހު މަރުހަލާއެވެ. ޓްރޭއެެއްގައި ވައިޓް ސޯސްގެ ލޭޔާއެއް ހެދުމަށްފަހު އޭގެ މަތީގައި ލަސާނީ ޝީޓް އަތުރާލާފައި އަނެއްކާ އޭގެ މަތީގައި މީޓް ސޯސްގެ ލޭޔާއެއް ވެސް ހަދާލާށެވެ. އެއަށް ފަހު މައްޗަށް ޗީޒް އަޅާލުމަށްފަހު 200 ޑިގްރީ ސެލްސިއަސްގައި 40 މިނެޓު އަވަނުގައި ކައްކަލާށެވެ. އޭރުން ހުންނާނީ ބީފް ލަސާނީ ތައްޔާރުވެފައެވެ.