ads
ރައީސް ޔާމީން-- ފޮޓޯ: އަވަސް އޮންލައިން
ރައީސް ޔާމީން ޖެއްސެވީ ފައިޒާ ވެކްސިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިއެވެ.

ރައީސް ޔާމީން ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ސީއެންއެމް އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އަބްދުލްރަހީމް ވިދާޅުވީ ރައިސް ޔާމީން ޖައްސަވާފައި ވަނީ ފައިޒާ ވެކްސިން ކަމަށާއި ވެކްސިން ޖެއްސެވީ މިރޭ 9:30 ހާއިރުގައި އޭޑީކޭ ހޮސްޕިޓަލުން ކަމަށެވެ.

ރައީސް ޔާމީން ވެކްސިން ޖެހުމަށް ވަޑައިގެން އުޅުއްވި އިރު، އޭޑީކޭ ސަރަހައްދުގައި ގިނަ އަދަދަކަށް ފުލުހުން ތިއްބެވެ. އަދި ރައީސް ޔާމީންގެ ބައެއް ސަޕޯޓަރުންވެސް އެ ސަރަހައްދުގައި ތިއްބެވެ.

ރައީސް ޔާމީން ވެކްސިން ޖައްސަވާފަވާއިރު ވެކްސިން ޖެހުމަށް މީގެކުރިން އެމަނިކުފާނު އިންކާރު ކުރެއްވިކަމަށް ކަރެކްޝަނަލް ސަރވިސްއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.

އެކަމާ ގުޅޭގޮތުން އެމަނިކުފާނުގެ ގާނޫނީ ޓީމުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް ވެކްސިން ޖެހުމަށް އިންކާރުކުރައްވާފައި ނުވާކަމަށެވެ.

ވެކްސިން ޖެހުމަށް ކަމަށްބުނެ މޯލްޑިވްސް ކަރެކްޝަނަަލް ސަރވިސްއިން މިމަހުގެ 14 ވަނ ދުވަހުގެ ރޭގެ ވަގުތެއްގައި ލޯންޗެއްގައި ރައީސް ޔާމީން މާލެ ގެނައި ނަމަވެސް، ވެކްސިން ޖެހޭގޮތް ނުވެ އެނބުރި މާފުށީ ޖަލަށް ގެންދިޔައީކަމަށާއި، އެކަން އެގޮތަށް ދިމާވީ ވެކްސިން ޖެހުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ކަރެކްޝަންސްގެ އިހުމާލުން ހަަމަޖެހިފައިނުވާތީ ކަމަށް ބުނެފައި ވެއެވެ.

ވެކްސިން ނުޖެހި އެނބުރި ދާންޖެހުނީ ރައީސް ޔާމީން ވެކްސިން ޖެހުމަށް އިންކާރު ކުރައްވާފައިވާތީ ކަމަށް ބަޔާންކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ނޫސްތަކަށް މައުލޫމާތު ދީފައިވަނީ ސީދާ އެމަނިކުފާނު ބަދުނާމުކޮށް އަގު ވައްޓާލުމަށްޓަކައި ކަމަށް ދެކޭކަމަށް ގާނޫނީ ޓީމުން ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް