ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވިކަން ކަށަވަރުކޮށް ދިނުމާއެކު އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި އެޑިމިޓްކޮށްފައިވާ 80 އަހަރުގެ މީހެއް ކަމަށެވެ.
އެ މީހާ މަރުވީ ރޭ 11:25 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ކޮވިޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ރާއްޖެއިން ޓެސްޓު ކުރެވުނު 3،122 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 157 މީހުން ނެވެ.
އެއީ މާލެ ސަރަހައްދުން 71 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން 72 މީހުންނާއި، ރިސޯޓްތަކުން 12 މީހެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.