ads
ކ. މާފުށި
މާފުށްޓާއި ގުޅިއަށް އަރާފޭބުން މަނާކޮށްފި
ކ.އަތޮޅުގެ ދެރަށެއް ކަމުގައި މާފުށްޓާއި ގުޅިއަށް އަރާފޭބުން މަނާކޮށްފި އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން މާފުށީ ހޮސްޕިޓަލުން ބުނެފައި ވަނީ އެރަށް މޮނިޓަރިންނަށް ލާފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގަ ކަމަށެވެ.

އެއީ އެރަށުގެ ފްލޫ ކުލިނަކަށް  ރޯގާގެ އަލާމާތްތައް ހުރުމުން ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

އެމީހުން ކޮވިޑް ޖެހިފައިވަނީ ކިހިނެތްކަން އަދި ނޭންގޭ ކަމަށާއި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އަދި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

 

ގުޅީ ކައުންސިލް ރައީސް މުހައްމަދު ފަތުހުﷲ ސީއެންއެމް އަށް ވިދާޅުވީ އެރަށް މޮނިޓަރިންނަށް ލާފައިވަނީ މިއަދު ހެނދު 10:30 ކަށް ހާއިރު ކަމަށެވެ.

އަދި އެރަށުން ޕޮޒިޓިވްވެފައި ވަނީ މާބަނޑު އަންހެން ޓީޗަރެއް ކަމަށާއި އެމީހާ ޑޮކްޓަރަށް ދެއްކި އިރުގައި އެއްވެސް އަލާމާތެއް ފާހަގަވެފައި ނުވާކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ.

މިހާރު އެރަށުގަ ކޮންޓެކްޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި މިއަދުގެ ވަގުތެއްގަ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް