ads
ދިވެހިރާއްޖޭގެ ހައިކޯޓު-
އިޓަލީ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ ދޫކޮށްލައިފި
އިޓަލީގެ 17 އަހަރުގެ އަންހެން ކުއްޖަކު ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އޭނާގެ ކޮޓަރީގައި ހުއްޓާ އެކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މުހައްމަދު ހަންނާދު ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ހައިކޯޓުން އޭނާ ދޫކޮށްލައިފިއެވެ.

އޭނާ ބަންދުގައި ބަހައްޓާފައި އޭނާގެ ފަރާތުން މުޖްތަމައުގައި ހިމެނޭ ކުދިންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެ، އޭނާގެ ފަރާތުން މިފަދަ ކަމެއް ތަކުރާރުވެ، މި މައްސަލައިގެ ހެކިބަސްދޭ ފަރާތްތަކަސް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭތީއެވެ. މިގޮތަށް ނިންމާފައި ވަނީ ނިލަންދެއަތޮޅު ދެކުނުބުރި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. 

މީގެ އިތުރުން އަނިޔާ ލިބުނު ކުއްޖާގެ ނަފުސާނީ ހާލަތު ބަޔާންކޮށްދޭ ރިޕޯޓެއް ހުށަހަޅާފައި ނުވާތީ އަނިޔާ ލިބުނު ކުއްޖާ އަށް ލިބުނު ގެއްލުންތައް އެނގެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. 

އަދި ދަށު ކޯޓުން އެނާ ބަންދު ކުރަން އަމުރު ކުރި ސަބަބު ބަޔާންކޮށްފައި ނުވާތީ އެއަމުރަކީ ގަވައިދާ ހިލާފަށް ކޮށްފައިވާ އަމުރެއް ކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ. 

މީގެ އިތުރުން ބަންދު ކުރުމުގެ އަމުރު ނެެރެފައިވަނީ އޭނާ ހައްޔަރުކުރުމުގެ އަމުރު ވެސް ނެރުނު ފަނޑިޔާރު ކަމަށް ވާތީ އެއީ ޤާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

މި މައްސަލަ ހައިކޯޓުން ބައްލަވާފައި ވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް