ads
ވައިކަރަދޫ ޗެރީ ގަހެއްގަ ޗެރީ އަޅާ ފުރިފައި
ޗެރީ އަކީ އާންމުކޮށް ބޭރު ގައުމުތަކުގެ ހެދޭ މޭވާ ގަހެކެވެ. ހާއްސަކޮށް ޗެރީ އަޅަނީ ފިނި މޫސުމުގަ އެވެ. އެހެންކަމުން ހދ. ވައިކަރަދޫގެ ގެއެއްގައި ރަތްކުލައިގެ ޗެރީތަކުން ގަސް ފުރި ބާރުވެފައިވާ މަންޒަރު ވަނީ ދާދިފަހުން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފަ އެވެ.
Advertisement

ވަރަށް ފަހުން އެ ގަހަށް އާންމުންގެ ސަމާލުކަން ލިބުނަސް މިއީ އިއްޔެއަކު މިއަދަކު އެގޭގައި ހައްދާފައިވާ ގަހެއް ނޫނެވެ. މިއީ މީގެ އަށް އަހަރު ދުވަހުގެ ބުރަ މަސައްކަތެވެ.

އެ ގެއިން ސީއެންއެމްއަށް ވާހަކަ ދެއްކި، އާދަމް ނަސީމް ކިޔައިދިން ގޮތުގައި އެގޭގައި ޗެރީ ގަސް ހުންނަތާ ގިނަ އަހަރުތަކެއް ވެފައިވީ ނަމަވެސް އެގަހުގައި ޗެރީ އަޅަން ފެށީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ނެވެ.

ނަސީމް ކިޔާދިންގޮތުގައި ޗެރީ ގަހުގައި އަބަދުވެސް މާ އަޅާފައި ހުރެ އެވެ. އަދި ޗެރީ ވެސް އަބަދު ކަހަލަގޮތަކަށް ގަހުގައި އަޅާފައި ހުރެ އެވެ. ނަމަވެސް އަހަރުގެ އޭޕްރީލް މޭ ހިސާބުގައި ގަހުގެ ގޮފިތައް ބިންދައިގެންދާ ވަރަށް ގަސް ހުންނަނީ ޗެރީން ފުރި ބާރުވެފައި ކަމަށް ވެސް ނަސީމް ބުންޏެވެ.

ނަސީމް ކިޔާދިންގޮތުގައި އެގޭގައި ކުރިންވެސް ޗެރީގަހެއް ހުރިކަމަށާއި އެގަސް ވަރަށް ބޮޑުވެފައި ހުއްޓާވަނީ ބަލިޖެހިގެން މަރުވެފަ އެވެ.

މިހާރު ގޭގައި ހުރި ޗެރީ ގަހަކީ އޭގެ ފަހުން އިންދި ގަހެއް ކަމަށާއި، އެ ގަސް ހެއްދުމަށް މާބުރަ މަސައްކަތެއް ކުރަން ނުޖެހުނު ކަމަށް ވެސް ނަސީމް ބުންޏެވެ. އަދި އެގަހުގެ ދިގުމިނުގައި ހައެއްކަ ފޫޓެއް ހުންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ. 


"އެ ގަހަށް އެއްވެސް ވައްތަރެއްގެ ބޭހެއް ނާޅަން. އެހެން ހުރެގެން އެގަސް ހެދުނީ،" ނަސީމް ކިޔާދިނެވެ.


ނަސީމް ކިޔާދިންގޮތުގައި ގެއަށް މީހުން ޗެރީ ގަންނަން އާދެއެވެ. ނަމަވެސް އެއްވެސް މީހަކަށް ނުވިއްކާ ކަމަށާއި ރަހަ ބަލާލަން ދެނީ ކަމަށް އޭނާ ބުންޏެވެ.

ނަސީމް ކިޔާދިންގޮތުގައި ޗެރީ ގަހުގައި ޗެރީ އަޅާއިރު އޮފިތައް ލެބޭ ވަރަށް އަޅަ އެވެ. އަދި އެ ގަހުގައި އަޅާ ޗެރީގައި ލަނީ ހުތް ފޮނި ރަހައެއް ކަމަށް ވެސް ނަސީމް ބުންޏެވެ.

ޗެރީ ގަހުގެ އޮފި ކަނޑާފައި އިންދުމަށް މީހުންނަށް އޮފި ދޭކަމަށާއި ގިނަ ބަޔަކަށް މިހާރުވެސް ވާނީ އެގޮތަށް ގަހުން އޮފި ދީފައި ކަމަށް ވެސް ނަސީމް ބުނެޏެވެ.

13%
ކަމުގޮސްފި
79%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް