މި މަޤާމުފުޅަކީ ތަބްރޭޒްގެފާނު ރާއްޖެ ވަޑައިގެން ބ. ކެންދޫގައި ހުންނެވި ހުންނެވުމުގައި ނަމާދުކުރެއްވި ކަމަށް ބުނާ އެ ބިނާ މަރާމާތު ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ކަމަށް ސަގާފީ ތަރިކަރައްކާތެރިކުރާ ގައުމީ މަރުކަޒު ބުނެއެވެ.
ސަގާފީ ތަރިކަރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނިގޮތުގައި ފުރަތަމަ ފިޔަވަހީގައި ހިމެނެނީ މަޤާމުފުޅުގެ ފާރަށް ލިބިފައިވާ ގެއްލުން މަރާމާތުކޮށް، ބިނާ އިތުރަށް ވަރުގަދަ (ރީއެންފޯސް) ކުރުން ކަމަށާއި އެމަސައްކަތް ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ 355،847.00 ރުފިޔާ އަށެވެ.