ads
ފޮޓޯ--
ކާޖޮލްގެ އަންހެން ދަރީގެ އުމުރު އެނގޭތަ؟
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ކާޖޮލް އަދި އަޖޭއަށް ލިބިފައިވާ ދޮށީ ދަރިފުޅު ނިސާ އަކީ މީޑިއާތަކުގެ ލޯ އަމާޒުވެފައި ސްޓާ ކިޑެކެވެ.

ނީސާ އަދިވެސް ކިޔަވަމުން ދާއިރުގައި އޭނާ ކިޔެވުން ފުރިހަމަ ކުރަމުން ދަނީ ސިންގަޕޫރުގަ އެވެ.

އިއްޔެ އަކީ ނިސާގެ އުފަން ދުވަހަށް ވާއިރު އޭނޭގެ 18 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ކާޖޮލް ކިޔާފައިވަނީ ވަރަށް ހޫނުގޮތަކަށެވެ.

އެގޮތުން ނިސާ ތުއްތު އިރުގެ ފޮޓޯއެއް ހިއްސާކުރަމުން ކާޖޮލް ބުނެފައި ވަނީ އޭނާ ނީސާ ދެކެވަރަށް ލޯބިވާ ކަމަށެވެ. އަދި އޭނާއަކީ ނީސާ އެދޭފަދަ މަންމަ އަކަށް ވިކަމަށް ވެސް އުންމީދުކުރާ ކަމަށް ބުނެފައި ވެއެވެ.

ކާޖޮލް ބުނެފައި ވަނީ އޭނާއަށް ނީސާ ލިބުނު އިރުގައި ހުރީ ވަރަށް ބިރުން ކަމަށެވެ. އަދި އެއީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު އިމްތިހާނު ކަމަށް ވެސް ކާޖޮލް ބުނެފައި ވެއެވެ. އޭނާގެ ހިތުގައި ނީސާ ލިބިގެން އެއް އަަހަރު ދުވަސް ވަންދެން ނުތަނަވަސް ކަމެއް ހުރި ކަމަށް ވެސް ބުނެފައި ވެއެވެ.

ނީސާ އަށް 10 އަހަރު ފުރުމުން ކާޖޮލްއަށް އޭނާއަކީ ޓީޗަރެއްކަން އިހުސާސްވި ކަމަށާއި ތުއްތު ނީސާގެ ކިބައިން އޭނާއަށް ވަރަށް ގިނަ ކަންކަން ދަސްވިކަމަށް ވެސް ކާޖޮލް ބުނެފައި ވެއެވެ.

ކާޖޮލް ވަނީ ނިންމާލަމުން ނީސާއަށް އަބަދުވެސް އޭނާ އެއްބާރުލުން ދޭނެކަމަށް ބުނެ އުފަންދުވަހުގެ ތަހުނިޔާ ކިޔާފަ އެވެ.

ކާޖޮލް އާއި އަޖޭ ކައިވެނި ކުރީ 1999 ގައެވެ. އަދި އެކައިވެންޏަށް މިހާރު ވަނީ ނީސާ އަދި ޔުގް ލިބިފަ އެވެ.

81%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް