ads
މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-----
ކުރިއަށް އޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިއާރު އިއުލާންކޮށްފި
ކުރިއަށް އޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިއާރު އިއުލާންކޮށްފި އެވެ.

މި ޝިޔާރު އިއުލާންކޮށްދެއްވީ ޑިފެންސް މިނިސްޓާ މާރިޔާ އަހްމަދު ދީދީ އެވެ. ކުރިއަށް އޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރަކީ "ސިފައިންގެ ޤާބިލްކަން – ޤައުމުގެ އަމާންކަން" އެވެ.

ކުރިއަށްއޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިއާރު މިނިސްޓަރު މާރިޔާ އިއުލާންކޮށްދެއްވާފައި މިވަނީ ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ގައެވެ.

ކަޅުތުއްކަލާ ކޮށީގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު މާރިޔާއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ޕޯސްޓަށް ދިވެހިރާއްޖޭގެ ގައުމީ ދިދައާއި ސިފައިންގެ ދިދަ ނަގާފައި ވަނީ ދިދަބިސީންނެވެމި ރަސްމިއްޔާތު ނިމިގެން ދިޔައީ ހާއްސަ ދުއާ އަކުންނެވެ.

އެރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ޖޭ ސްޓާފުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންނާއި ވޮރަންޓް އޮފިސާ ގްރޭޑް 3 ރޭންކުގެ ސިފައިން ބައިވެރިވެލެއްވިއެވެ.

129 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގާއިމުކުރެވިފައިވާ އޭރިއާ ކޮމާންޑްތަކުގައި ވެސް ދިދަ ނެގުންވަނީ ކުރިޔަށް ގެންގޮސްފައެވެ. 

ސިފައިންގެ ހިދުމަތް ދިވެހިރާއްޖޭގައި ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރު އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް