ޕޯސްޓްކުރާ ފޮޓޯތަކުގެ ޗާލުކަމާއި ނަލަކަމުން ގިނަ ބައެއްގެ ތައުރީފް އާޝާއަށް އޮހުނު ކަމުގައިވިޔަސް އޭނާގެ އިންސްޓާގުރާމް އެކައުންޓް ވަނީ މިހާރު ޕްރައިވެޓް ކޮށްފައެވެ.
މިހާރުވެސް 24،300 ފޮލޯވަރުން އޮންނަ އާޝާގެ އިންސްޓަގުރާމު އެކައުންޓް ޕްރައިވެޓް ކުރުމުން ގިނަ ބަޔަކު ވަނީ އެކަމާއި ސުވާލު އުފައްދާފައެވެ.
ބެލެވޭ ގޮތުގައި އާޝާ އޭނާގެ އެކައުންޓު ޕްރައިވެޓްކޮށް މީހުންނަށް ފިލާފައި މިވަނީ ގިނަ ބަޔަކު އޭނާ އާއި ބެހޭގޮތުން ދައްކާ ނޭދެވޭ ވާހަކަ ތަކުގެ ސަބަބުންނެވެ.
އާޝާ ވަރަށް ފަހުން އިންސްޓަގްރާމުގައި ކޮށްފައިވާ ފޯސްޓެއްގައިވާ ކެޕްޝަނަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެފޯސްޓްގައި އޭނާ ބުނެފައި ވަނީ "އެހެންމީހުން ދެކޭ ގޮތަކީ އޭނާގެ ހަގީގަތް ނޫން" ކަމަށެވެ.
ޓިކްޓޮކުން މަޝްހޫރުވި އާޝާގެ ޓިކްޓޮކުތަކަށް ގިނަ ބައެއްގެ ކަޅިތައް ހުއްޓެއެވެ.