ads
ވިލުފުށި: ރާއްޖޭގެ ފުރަތަމަ އޯޕަން އެކްސެސް ނެޓްވޯކް އަޅާފައިވަނީ އެރަށުގައި--
ރާއްޖޭގެ ފުރަތަމަ އޯޕަން އެކްސެސް ނެޓްވޯކް ފަންބޮނޑި މޯލްޑިވްސްއިން ވިލުފުށީގައި
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައި ވެސް އިންޓަނެޓާއި ކޭބަލްޓީވީގެ ހިދުމަތްވެސް ވަނީ ފައިބައޮޕްޓިކް ނެޓްވޯކްތަކުގެ ތެރެއިން އައިޕީޓީވީގެ ހިދުމަތާއި ފައިބާ ކަނެކްޝަން އިންޓަނެޓަށް ބަދަލުވެފަ އެވެ.
Advertisement

ފަންބޮނޑި މޯލްޑިވްސް އިން ވިލުފުށީގައި ގާއިމްކޮށްފައިވާ އޯޕަން އެކްސެސް ފައިބާ ނެޓްވޯކް ބޭނުންކޮށްގެން އުރީދޫ މޯލްޑިވްސް އާއި ދިރާގުންވެސް ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. ރާއްޖޭގެ މުއާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ދެ ކުންފުނީގެ ހިދުމަތް އެއް ވިއުގައެއް މެދުވެރިކޮށް ފޯރުކޮށްދޭ ހަމަ އެކަނި ނެޓްވޯކްގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

ރާއްޖޭގެ މަސްހޫރު ނެޓްވޯކް އިންޖިނިއަރު މުހައްމަދު ފަޔާޒު (ޖޭބީ) ގެ އިންޖިނިއަރިން ކަމުގައި ބިނާކޮށްފައިވާ މި ފައިބާ ވިއުގަ މެދުވެރިކޮށް މިހާރު ވެސް އުރީދޫ ސުޕަނެޓާއި ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށް ފަންބޮނޑި މޯލްޑިވްސް އިން ބުނެއެވެ. އަދި މީގެ އިތުރުން ނެޓްވޯކް ބޭނުންކޮށްގެން އިތުރު ޓެކްނޮލޮޖީގެ ހިދުމަތްތައް ވިލުފުއްޓަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.

your imageވިލުފުށީގައި ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ދައްކައިދޭ ކުރެހުމެއް--

ފަންބޮނޑި މޯލްޑިވްސް ސީއޯއޯ ފާތިމަތު އާސިޔާ ވިދާޅުވީ އެކުންފުނިން ވިލުފުށީގައި ތަރައްގީކޮށްފައިވާ ވިއުގައިގެ ތެރޭގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ކުންފުނިތަކަކަށްވެސް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

"މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި ފައިބަ އޮޕްޓިކް ނެޓްވޯކެއް ތަރައްގީ ކުރި ފުރަތަމަ ވިއުގަ، އަދި މިގޮތަށް އެއް ވިއުގައެއްގައި ވާދަވެރި މުއާސަލާތީ ކުންފުނިތަކުން ހިދުމަތްދޭން ފެށި ފުރަތަމަ އަދި ހަމައެކަނި ވިއުގައަކީ ވެސް މިއީ." އާސިޔާ ވިދާޅުވިއެވެ.

ދުނިޔޭގެ ގިނަގައުމުތަކުގައި ތަރައްގީ ކޮށްފައިވާ ޓެލެކޮމް ވިއުގަތަކަކީ ދުރު މުސްތަގުބަލަށް ބޭނުން ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ވިއުގަތަކެކެވެ. މިއީ ރާއްޖެއަށް މުޅިން އާ ކޮންސެޕްޓެކެވެ. މިހާރު އެޗްޑީސީއިން ވެސް ގެންދަނީ ހުޅުމާލޭގައި މިފަދަ އޯޕަން އެކްސަސް ނެޓްވޯކެއް ތަރައްގީ ކުރަމުންނެވެ.

92%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް