އަންހެން ފުލުހުން ހަރަންފުޅުގައި ބައިތިއްބަން ފަށާފައިވަނީ ހޯމަ ދުވަހުން ފެށިގެންނެވެ.
މިއީ އިސްލާމީ ތާރީހުގައި ވެސް ހަރަމްފުޅުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އަންހެނުން ބައިވެރިކުރަން ފެށި ފުރަތަމަ ފަހަރުކަމަށް ރިޕޯޓުތައް ބުނެއެވެ.
މިގޮތުން ހަރަމްފުޅުގެ އެކި ސަރައްހަދު ތަކުގައި އަންހެން ފުލުހުން ބައިތިއްބާފައިވާއިރު މި ހިދުމަތް އަންހެން ފުލުހުން ދޭން ފެށުމަކީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން 2030 ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ތެރޭގައި ހިމެނޭކަމެކެވެ.
ސައުދީގައި ގިނަ ޒަމާންތަކަށްފަހު އަންހެނުންނަށް ވެހިކަލް ދުއްވުމުގެ ލައިސްންސު ދޭން ފަށާފައިވަނީ ވެސް މުހައްމަދު ބިން ސަލްމާން ގެންނެވި ބަދަލަކާއި ގުޅިގެންނެވެ.