މިކަމާ ގުޅިގެން ވީއައިއޭ އޮޕަރޭޓް ކުރާ އެމްއޭސީއެލުން ވަނީ، މިއަދު މިފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށް ބުނެ ޓުވީޓެއް ކޮށްފައެވެ.
އެގޮތުން މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ. އަދި އިތުރު މައުލޫމާތު އާންމު ކުރާނީ މައްސަލަ ތަހުގީގު ނިމުމުން ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ގެއްލުން ވެފައިވަނީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކަށެވެ.