ads
އައްޒަ އަދި ރިޝްމީ
އައްޒަގެ އުފަންދުވަހު އެންމެ ލޯބި ހަދިޔާއެއްދިނީ ދައްތަ ރިޝްމީ
ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާ މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަގެ އުފަންދުވަސް މިއަހަރުވެސް ވަނީ ފާހަގަކޮށްފައެވެ.
Advertisement

މިފަހަރުވެސް މިދުވަސް އައްޒަ ނުހަނު ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު މިހާރު އޭގެފަހުން ދެދުވަސް ވެގެން ދިޔައީއެވެ.

އެހެންނަމަވެސް އުފަންދުވަހުގެ ތަހުނިޔާއާއި، ހަދިޔާތަކުގެ އިތުރުން ސަޕްރައިޒް ޕާޓީތައްވެސް އަދިވެސް ހަމަ ދަނީ ކުރިއަށެވެ. އެތައް ފޮލޯވަރުންނަކާއި ގާތް ރަހުމަތްތެރިންގެ ގިނަކަމުން މިކަން މިހެންވުންވެސް އެކަށީގެންވެއެވެ. 

ކޮންމެއަކަސް އަދިވެސް އައްޒަގެ އިންސްޓާގެ ސްޓޯރީތައް ފަޅުފިލުވަމުންދަނީ ހަމަ ބާތުޑޭ ޓްރީޓްތަކާއި ސަޕްރައިޒްތަކުންނެވެ.

ދެން އޮންނާނީ ހަދިޔާ ކެނޑުންތާއެވެ. މިކަންވެސް ދަނީ ކުރިއަށެވެ. އައްޒައަށް ގިނަ ހަދިޔާތަކެއް ކޮންމެ ފަހަރަކުވެސް ލިބެއެވެ. މިފަހަރުވެސް ލިބޭނެ ކަމާއިމެދު ޝައްކެތްނެތެވެ. އައްޒަ ދަނީ ސްޓޯރީގައި މިކަންކަން ހިއްސާކުރަމުން ކަމަށްވުމުން މިކަންކަން ބަލައިލުމުގެ ފުރުސަތު އެބަލިބެއެވެ.

އެގޮތުން މިފަހަރު އައްޒައަށް ލިބުނު ހަދިޔާތަކުގެ ތެރެއިން އެންމެ ފަހާގަކުރެވޭ، އެންމެ ލޯބި ހަދިޔާއެއް ދިނީ އައްޒަގެ ދައްތަ އަދި މަޝްހޫރު ފިލްމީތަރި އައިޝަތު ރިޝްމީއެވެ.
ރިޝްމީ އައްޒައަށް ދިން ހަދިޔާއަކީ ހަތިމެެކެވެ.

your imageއައްޒަގެ ހަތިމް

މި ހަދިޔާ ފާހަގަކުރެވޭ ބައިވަރު ގޮތްގޮތް އެބަހުއްޓެވެ. އެއްކަމަކީ މިމަހަކީ އަޅުކަމުގެ މަސްކަމަށްވުމުން ދައްތައެއްގެ ފަރާތުން ކޮއްކޮއަކަށް ދެވޭނެ އެންމެ އަގުބޮޑު އަދި ހިކުމަތްތެެރި ހަދިޔާއަކީ މިއީ ކަމަށް ވުމެވެ.

މީގެއިތުރުން ރިޝްމީ ވަނީ އޭނާ އަމިއްލަޔަށްވެސް ހަތިމެއްް އޭނާއަށް ގިފްޓްކޮށްފައެެވެ. ރިޝްމީއަށް ގިފްޓްކޮށްފައިވަނީ ރީދޫކުލައިގެ ހަތިމެކެވެ. އަދި އައްްޒައަށް އޭނާ ގިފްޓްކުރީ ފިޔާތޮށިކުލައިގެ ހަތިމެކެވެ.

your imageރިޝްމީގެ ހަތިމް

މީގެ އިތުރުންވެސް އައްޒަގެ ފިރިމީހާ މުއާވެސް ވަނީ އަގުބޮޑު ހަދިޔާތަކެއް ދީފައެވެ. އެގޮތުން އެޕަލް ވޮޗް އަކާއި ސެންޓްފުޅިއެެއްވެސް މުއާ ދިނެވެ. 

އައްޒައަށް މިފުރުނީ 32 އަހަރެވެ.

65%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
35%
ވަރަށް ސަލާމް
ކޮމެންޓްސް